ވަކިހަކެއް
ކުރިގޮބޮޅިއެއް (ކުރި ގޮބޮޅިއެއް
ކިހަވަކެއް)
ވަކިނުވިދުނބުރިއެއް
އަނބެއް (ދުނބުރިއެއް އަނބެއް ވަކިނުވި)
ވަކިލަކަމަކަށް
ނުވާދެއް (ވަކި ލަދެއް ކަމަކަށް ނުވާ)
ވަކިޑެއްދިނަސް
މިމުޑަނަށްލަ (މި މުޑަނަށް ވަކި ލަނޑެއް
ދިނަސް)
ވަކިޔޭނޭތަ
ލޮޑުނަށްލަ (ލޮޑުނަށް ލަވަކިޔޭނޭތަ)
ދޭހަވާ މާނަ: މީހަކަށް ލަނޑެއްދީފައި އުފަލުގައި ހުރެވޭނެހެއްޔެވެ؟
ޝަރަހަ: ވަކިފުލެއް ކަށަވަކެއް، ކުރިއެއް ގޮބޮޅިއެއް ކިހަވަކެއް،
ހަމައެހެންމެ ދުނބުރިއެއް އަނބެއް ވަކިނުވިޔަސް އެއީ ލަދެއްކަމަށް ނުދެކޭއިރު
މުޑަނަށް ލަޑެއް ދިނަކަސް ވަކި ލޮޑުނަށް ލަވަ ކިޔޭނެ ހެއްޔެވެ؟ ތިމާއަށް ކަމެއް
ރަނގަޅަށް ކުރަން ނޭގުމުން ނުވަތަ ކަމެއް ކާމިޔާބު ނުވުމުން އެކަން ޤަބޫލުނުކޮށް
އެހެން މީހަކަށް ލަނޑެއް ދިނުމަކުން ތިމާ އަށް މޮޅެއް ނުވާނެއެވެ. ތިމާ މޮޅުވާނީ
އެކަމެއް ދަސްކުރަން ގަދައަޅައި މަސައްކަތް ކުރީމައެވެ. އެއްގޮތަކަށްވެސް ތިމާ
އަށްވުރެ މޮޅުވުމުން އަނެއްކާއާމެދު ހަސަދަވެރިވެ އޭނާއަށް ލަނޑެއް
ދީގެންނެއްނޫނެވެ. މިސާލަކަށް ކުއްޖަކަށް އިމްތިހާނުން ދަށް މާކުސް ލިބޭތީ
ރުޅިއައިސްގެން މަތިން މާކުސް ލިބޭ ކުއްޖާއަށް ލަނޑެއް ދިނުމަކުން އޭނާގެ މާކުސް މައްޗެއްނުވާނެއެވެ. ވުމާއެކު ކަމެއް ކާމިޔާބު
ނުވުމުން ރުޅިއައުމުގެ ބަދަލުގައި، އަނެއްކާވެސް ގަދައަޅާ މަސައްކަތްކުރާށެވެ.
އެހެންނޫނީ ކާމިޔާބެއް ނުވާނެއެވެ.
ޚިޔާލު :
ޚިޔާލު ފާޅުކުރެއްވުމަށް
ހިޔާލު