މާޒީ












"އަހަރެން އުފަންވީ ކަލާއަށްޓަކާއޭ ކަލާއޭ މިހިތުގެ ވިންދަކީ.." ފޯނު ރިންގުވިއަޑަށް އަހަރެންނަށް ހޭލެވުނެވެ. "އަޅެ..އާރާ. އަހަރެން އެހާރީތި ހުވަފެނެއްގަ އޮއްވައޭތި ހޭލައްވާލީ.."ނިދި އެކުލެވިގެންވާ އަޑަކާއެކު އަހަރެންނަށް ޝަކުވާ ކޮއްލެވުނެވެ. "ކާކުގެ ހުވަފެނެއްތަ މާވަރަކަށް ތި ބަލަނީ.."އާރާ ދިމާކޮއްލިއެވެ. "އަހަރެންގެ ޕުރިންސް އަހަރެންނަށް ދިމާވަނީ..އާހް.. ހާދަ ރީއްޗޭއޭނާ އަދި އަހަރެންނަށް ފެނުނި ކުއްޖެއްނޫން އެއީ." " ޕިސް. ޕިސް. އަހަރެން މިގުޅީތި ލަވް ސްޓޯރީ އަހާކަށްނޫން. މިއަދު ހަވީރު ހިނގާލަންދާން ތައްޔާރުވެގެން ހުންނަންބުނަން.." އާރާ ފޯނު ކަނޑާލުމުން އަހަރެންނަށް ހެވުނެވެ.

އާރާ އަކީ އަހަރެންނާއި އެއްކުލާހެއްގައި ކިޔަވަމުންދާ އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. ސަކަ މިޒާޒެއްލިބިފައިވާ ހިތްހެޔޮ ކުއްޖެކެވެ. ޗުއްޓީވުމުން އަހަރެމެން ކޮންމެ ދުވަހަކުވެސް ހިނގާލަންދަމެވެ. އެދުވަހު އަހަރެންނަށް ފިކުރުކުރެވެނީ އެހުވަފެނާމެދުއެވެ. ކީއްވެ ފެނުނުހުވަފެނެއްބާވައެވެ؟ އޭއީ ކާކުބާވައެވެ؟ އަސްލަށްވެސް އެނާއާ ދިމާވާނެ ނަމައެވެ. ހަވީރުވީއިރު އަހަރެންނާއި އާރާތިބީ ރަށުގެ ތުނޑީގައެވެ. ދެމީހުންއެކި ކަހަލަ ވާހަކަދައްކާ ހެމުންދިޔައީމެވެ.. "ކިހިނެކޯވީ މިޔަދު ރީނާއަށް ފެނުނު ހުވަފެނުގަ"؟  އާރާ ޝައުގުވެރިކަމާއެކު އަހާލިއެވެ. "ފެންނަނީ އެނާ އަހަރެންނާ ވާހަކަދައްކަމުން މަގުން ހިނގާފައި އަންނަތަށް..އަހަރެންވެސް ހުރީ ވަރަށް އުފަލުން. އެހެންހުރެފަ. އޭނާ ގެއްލުނި.އަަހަރެން ވަރަށް ދެރަވި.. އަހަރެން އެނާ ކޮބާތޯ ބަލަނިކޮށް އާރާ އެ ގުޅީ." "ހިހިހިހިހަހަހަ. އަހަރެން އޭނާ ގެންދިޔައީ. އެހެންވެ ރީއަށް އޭނާ ގެއްލުނީ.." އާރާ ހެމުންދިޔައެވެ.


މާފަހުން - 2












ރީތިކަމަށް ލޯބިކުރި ހަމީދަށް އަހަރެން ހުތުރުވާންފެށިއެވެ. އަހަރެންދެކެ ލޯބިވި ހަމީދު އަހަރެންދެކެ ފޫހިވާކަމަށްވެސް ބުނަންފެށީ ފާޅުގައެވެ. އަހަރެންނާއެކު އުޅެން ބޭނުމެއްނޫނޭ ބުނަންފެށީ ހާމު އާއިމެދު އެެއްވެސް ވިސްނުމެއްނެތިއެވެ. އަހަރެން އާދޭސްކުރީމެވެ. އަހަރެން ދޫކޮއްނުދިއުމަށްބުނެއެވެ. ރުއީމެވެ. ގިސްލީމެވެ. އެކަމުންވީ ކަމެއްނެތެވެ. އެންމެފަހުން ހަމީދު އަހަރެން ވަރިކޮށް ދިޔައީއެވެ.

*********************************************

އޭރު ހާމުގެ އުމުރަކީ އެންމެ ފަސް އަހަރެވެ. އެދުވަހަށްފަހު ހާމު ފެނުނަސް އަހަރެން ފޫހިވާންފެށިއެވެ. އެ ކުށެއްނެތް ދަރިފުޅަށް ރުޅިބޭލެންފެށިއެވެ. އަހަރެންގެ ސިފަ ބަދަލުވީ ހާމު ވިހެއުން ކަމުގައިވުމުން އެކަމުގެ ތުހުމަތް ހާމުއަށް ކުރެވެނީއެވެ. އެ ދަރިފުޅު ރޯއަޑު އިވެއެވެ. އިވޭކަމަށް ނުހަދަމެވެ. ޝަކުވާކުރާ ކޮންމެ ފަހަރަކު އަހަރެން އަދަބުދެމެވެ. ގެއިން ބޭރު ކޮއްލަމެވެ. ގޭގައި އުޅެނީ އަހަރެމެން ދެމީހުން އެކަނިކަމުން އަހަރެންނަށް ބަހެއްބުނާނޭ މީހަކު ނޫޅެއެވެ. އަހަރެން މި އުޅޭ ރަށް މާލެއަކީ މާ ބިޒީ މީހުންއުޅޭތަނަކަށްވީތީ އެނެއްކެއްގެ ކަމެއް ބަލައިލާކަށްވެސް އެހެން މީހަކަށް ވަގުތެއްނުވެއެވެ. އެ ދަރިފުޅު ފޫހިވެ އެކަނިވެފައި އިންނަތަން އަހަރެންނަށް ފެނެއެވެ. އެކަމަކު އަހަރެން ފެންނަކަމަކަށް ނުހަދަމެވެ. އަތުގައި ހުރި ފައިސާ ހުސްވާންފެށުމުން އަހަރެން ވަޒީފާއަކަށް ދާންފެށީމެވެ. އޭރު ހާމުއަށްވެސް ހަތް އަހަރުވެ އޭނާވެސް ސުކޫލަށް ފޮނުވަންފެށީ އަހަރެންނަށް ލިބިދާނޭ ލަދަކުން ސަލާމަތްވުމަށެވެ. ހާމު ކިޔަވާތޯ ނުކިޔަވާތޯވެސް އަހަރެން ނުބަލަމެވެ. ބޭނުންވާ އެއްޗެއްވެސް ހޯދާ ދެވެނީ އެކުއްޖާ އެތަށްފަހަރަކު ބުނުމުންނެވެ.


މާފަހުން - 1

މާފަހުން މުޅިގޭތެރެއަށް ވެރިވެފައި ވަނީ ފަޅުކަމެވެ. އެކަނިވެރިކަމެވެ. ޖެހިބުދެއްހެން އަަހަރެންނަށް އިނދެވެނީ ވިސްނާށެވެ. ހިޔާލުތަކުގައެވެ. ފިކުރުކުރުމުގައެވެ. ރުއިމުގައެވެ. ގިސްލުމުގައެވެ. ދެ އަހަރުވެގެން ދިޔައިރު އިއްޔެވީ ކަމެއްހެން އެކަންތަށް ލޮލުކުރިމަތީ ސިފަވަމުންދަނީއެވެ. ކުއްވެރިޔަކީ އަހަރެން ކަމުގައި ހިތަށް އެރުމާއެކު ބާރަށް ރޯންފެށެއެވެ. ބަޑިފަޅާގެންދެއެވެ. އަހަރެންނަށް ފަރުވާކުޑަކުރެވުނީއެވެ. ނޫނެކެވެ. ފަރުވާކުޑަކުރީ އަމިއްލައަށެވެ. އަޅާނުލީ ގަސްދުގައެވެ. އެކަރުނަތަށް ފެނުނަސް ނުފެންނަކަމަށް ހެދީއެވެ. އެ ރުއިމަށް ބީރުކަންފަތެއް ދިނީއެވެ. އަހަރެންގެ އަޅާލުމައި ލޯތްބާއި އޯގާތެރިކަން ބޭނުންވާނޭކަން އެނގިހުރެ ނޭނގޭކަމަށް ހެދީއެވެ. ނުބައި މަގުން ހިނގަން މަގުކޮށައި ދިނީ އަހަރެންނެވެ. އަހަރެންމީ ހާދަހާވާ ގޯސްމީހެކެވެ. ނުކުރާ ކުށެއްގެ ސަޒާ ދެވުނީ އަމިއްލަ ލެޔަށެވެ. ބަނޑުއަޅާވިހޭ ދަރިއަށެވެ. "މަންމަ" ގެ އެ ނަމަށްވެސް ހަޑިކުރެވިޖެއެވެ. އެއީ މީގެ ދެއަހަރުކުރިއެވެ. އަހަރެންނާއި ހަމީދު ދިމާވީ ފިހާރައަކުންނެވެ. ހަމީދު މަސައްކަތްކުރަނީ އެ ފިހާރާގައެވެ.


ހިތަކުން ނުފިލާނޭ



ލިޔުނީ: އައިޝަތު ރީމް

އަހަރެންގެ ހިތް ކަލާގާތު އަހަރެން ކަލާދެކެ ވަރަށް ލޯބިވެއޭ ބުނަން ބޭނުންވެއެވެ. ކަލާއަށް ނޭނގުނަސް އަހަރެންމީ އަބަދުވެސް ކަލާގެ މީހެކެވެ. އަހަރެން ދިރިހުރިހާ ދުވަހަކު ކަލާޔާއެކުވާނަމެވެ. ހަނދުގެ ދޯދި ފަދައިން އަހަރެން ކަލާ ގާތުވާނަމެވެ. އަހަރެންގެ ހިތުން ކަލާގެ ލޯބި ފުހެވޭނެ ދުވަސް އެއީ، އަހަރެންގެ ދިރިއުޅުމުގެ އެންމެ ފަހުދުވަހަށްވާނެއެވެ.


މަގޭ ދަރިފުޅު

މުޅި މާހައުލަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. މަގުމަތީ ދުއްވާ އެއްޗެހީގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. އަހަރެން އިނީ، ބެލްކަނީގައެވެ. ދުރުން ބަލާމީހަކަށް ހީވެދާނެއެވެ. އަހަރެން ބަލަނީ މަގުމަތިން ފެންނަ މަންޒަރަށެވެ. ނަމަވެސް މަގުމަތީ ކޮޅުކޮޅަށް ހިނގާ މީހުންނާއި ދުއްވާ އެއްޗެއްސަކަށް އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއްނެތެވެ. އަހަރެންގެ ހިޔާލުތައްވަނީ އެއަށްވުރެ މާދުރަށް ގޮހެވެ. ހިތަށް ސިފަވަމުން ދިޔައީ އަހަރެންގެ ދަރިފުޅު ސުމާއެވެ. އެ މައުސޫމު ހިނިތުންވުމެވެ. އެ ހިނިތުންވުމާއި ނުލާ އަހަރެންގެ ހިތްފަޅުވެދާނެކަމުގެ އިހުސާސްކުރެވެމުންދިއައެވެ. ރޭގެ އެހާދިސާ މިއަދު އަހަރެން ވިސްނާލުމަށް މަޖުބޫރު ކުރުވައިފިއެވެ. ކުށްވެރިޔަކީ އަހަންނެވެ. އެއީ އަހަރެންޤަބޫލުކުރާ ގޮތެވެ. އަހަރެންގެ ކުށަކީ ކަންތަކާއި ރުޅިއައުމާއި ފަރުވާކުޑަވުމެވެ. މީހުންގެ އިހްސާސްތައް ދެނެގަންނަން ނޭނގުމެވެ.  

ވެހޭ ވާރޭ ތެރެއިން



ޖެހި ގުގުރިއަކާއެކު ޒިލާލަށް ހޭލެވިއްޖެއެވެ. މުޅިކޮޓަރި ތެރެއަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. އަނދިރިކަމުގެ ތެރެއިން އިރު އިރުކޮޅާ އަލިކަން ގެނެސް ދެނީ ވިދާލާ ވިދުވަރުންނެވެ. ޒިލާލު ކައިރީގައި އޮތް ފޯނުން ގަޑި ބަލާލިއެވެ. އެއިރު މެންދަމުން އަލިވެ ދެގަޑި ބައިވީއެވެ. ފޫހިގޮތަކަށް އެނދުމަށްޗަށް ފޯނު އެއްލާލުމަށްފަހު ނިދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމެއް ޒިލާލަކަށް ކާމިޔާބެއް ނުވިއެވެ. މި ފިނިރޭ އޭނާއަށް ހަނދާން ތަކެއް އާވާ ކަހަލައެވެ. ތެދެކޭ... މީގެ ދެތިން ދުވަހުގެ ކުރިއެވެ. ވެހޭ ވާރޭތެރެއިން މަޖާވެފައި މަގުގެ ދެކޮޅަށް ފެންގަނޑުތެރޭ ފައިތަޅަމުން އެދުވާ ޒުވާނާއަށް ބަލަން ގޭ ދޮރާށި ކައިރީ ޒިލާލަށް ހުރެވުނީ ދީވާނާވެފައެވެ.

ފޫޅުދިގު ހަންޑީގެ ފެށުން



 ފެބުރުއަރީ 1728
ހއ ކެލާގައި ހުރި އެންމެ ބޮޑު ކާނިގަސްދޮށް ވަނީ ޖަރީކުރެވިފަ އެވެ. ކާނިގަހުގެ ގޮފިތައް އެކި ދިމަދިމާއަށް ފެތުރިފައިވާ އިރު އޭގެ ތެރެއިން ގޮފިގަނޑެއްގައި އެލުވާފައިވަނީ ޝާހީ ގޮތަކަށް ފަރުމާކުރެވިފައިވާ ނަލަ އުނދޯލި ކޮޅެކެވެ. ގަސްދޮށުގައި، ލަކުޑީގެ މޭޒުތަކާއި ގޮނޑިތައް އަތުރާލެވިފައި ވަނީ ވަރަށްވެސް ތަރުތީބުންނެވެ. މޭޒުމަތީގައި ތަށިތައް އެތުރުމުގައި ޒުވާން ޖިންސުލްލަތިފުން ހަރަކާތްތެރިވެ އުޅެ އެވެ. ހިކި ފަތްތަކުގެ މަތިން ދާއިރުވެސް އެއްވެސް އަޑެއް ނީވެއެވެ. އެ ޖިންސުލްލަތިފުންގެ ފައި ބިމުގައި ނުޖެހޭތީ އެވެ.

އިއްތިފާޤު



ހަވީރުގެ ހިތްގައިމު ވަގުތެވެ. އެއާރޕޯޓް ވަނީ ތޮއްޖެހިފައެވެ. ރާއްޖެއަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ޒިޔާރަތްކުރަމުންދާ މީހުންނެވެ. މާލެއަށް އެކިކަންކަމުގައި އަންނަ ރާއްޖެތެރޭމީހުންނެވެ. އެކިމަންޒިލުތަކަށް ފުރަންދާ ދަތުރުވެރިންނެވެ. ފުރާމީހުން ތިބެން ޙާއްސަކޮށްފައިވާ ބައިގާ ހުރި ގޮނޑިއެއްގައި އިސްކޮޅުންދިގު ޒުވާނަކު އިނެވެ. ކައިރީގައި ހުރި ކޮފީ ޖޯޑުން އެތިއެތިފޮދު ބޮމުން ދޭތެރެ ދޭތެރެއިން ގަޑިއަށް ބަލައިލައެވެ. ހީވަނީ ފޫހިވެގެން އުޅޭހެންނެވެ.