މާޒީ












"އަހަރެން އުފަންވީ ކަލާއަށްޓަކާއޭ ކަލާއޭ މިހިތުގެ ވިންދަކީ.." ފޯނު ރިންގުވިއަޑަށް އަހަރެންނަށް ހޭލެވުނެވެ. "އަޅެ..އާރާ. އަހަރެން އެހާރީތި ހުވަފެނެއްގަ އޮއްވައޭތި ހޭލައްވާލީ.."ނިދި އެކުލެވިގެންވާ އަޑަކާއެކު އަހަރެންނަށް ޝަކުވާ ކޮއްލެވުނެވެ. "ކާކުގެ ހުވަފެނެއްތަ މާވަރަކަށް ތި ބަލަނީ.."އާރާ ދިމާކޮއްލިއެވެ. "އަހަރެންގެ ޕުރިންސް އަހަރެންނަށް ދިމާވަނީ..އާހް.. ހާދަ ރީއްޗޭއޭނާ އަދި އަހަރެންނަށް ފެނުނި ކުއްޖެއްނޫން އެއީ." " ޕިސް. ޕިސް. އަހަރެން މިގުޅީތި ލަވް ސްޓޯރީ އަހާކަށްނޫން. މިއަދު ހަވީރު ހިނގާލަންދާން ތައްޔާރުވެގެން ހުންނަންބުނަން.." އާރާ ފޯނު ކަނޑާލުމުން އަހަރެންނަށް ހެވުނެވެ.

އާރާ އަކީ އަހަރެންނާއި އެއްކުލާހެއްގައި ކިޔަވަމުންދާ އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. ސަކަ މިޒާޒެއްލިބިފައިވާ ހިތްހެޔޮ ކުއްޖެކެވެ. ޗުއްޓީވުމުން އަހަރެމެން ކޮންމެ ދުވަހަކުވެސް ހިނގާލަންދަމެވެ. އެދުވަހު އަހަރެންނަށް ފިކުރުކުރެވެނީ އެހުވަފެނާމެދުއެވެ. ކީއްވެ ފެނުނުހުވަފެނެއްބާވައެވެ؟ އޭއީ ކާކުބާވައެވެ؟ އަސްލަށްވެސް އެނާއާ ދިމާވާނެ ނަމައެވެ. ހަވީރުވީއިރު އަހަރެންނާއި އާރާތިބީ ރަށުގެ ތުނޑީގައެވެ. ދެމީހުންއެކި ކަހަލަ ވާހަކަދައްކާ ހެމުންދިޔައީމެވެ.. "ކިހިނެކޯވީ މިޔަދު ރީނާއަށް ފެނުނު ހުވަފެނުގަ"؟  އާރާ ޝައުގުވެރިކަމާއެކު އަހާލިއެވެ. "ފެންނަނީ އެނާ އަހަރެންނާ ވާހަކަދައްކަމުން މަގުން ހިނގާފައި އަންނަތަށް..އަހަރެންވެސް ހުރީ ވަރަށް އުފަލުން. އެހެންހުރެފަ. އޭނާ ގެއްލުނި.އަަހަރެން ވަރަށް ދެރަވި.. އަހަރެން އެނާ ކޮބާތޯ ބަލަނިކޮށް އާރާ އެ ގުޅީ." "ހިހިހިހިހަހަހަ. އަހަރެން އޭނާ ގެންދިޔައީ. އެހެންވެ ރީއަށް އޭނާ ގެއްލުނީ.." އާރާ ހެމުންދިޔައެވެ.

ދެން އާރާގަނޑާ ދިމާކުރާނެ ކަމެއްނެތް." އަހަރެން ރުޅި އަންނަ ކަމަށްހެދުމުން އާރާ ހުނުންހުއްޓާލިއެވެ. ދުވަހަކަށްފަހު ދުވަހެއްނިމެމުންދެއެވެ. އެއްދުވަހެއްގެ މެންދުރެވެ. އާރާ ބަލިވެގެން ސިއްހީމަރުކަޒަަށް ގެންދިޔަ ހަބަރު މަންމަގެ ފަރާތުން އިވުމުން އަހަރެން އަވަހަށް ސިއްހީމަރުކަޒަަށް ދިމާއަށްދާން ހިނގައިގަތީމެވެ. ވޯޑަށް ވަދެވުމާއެކު މީހެއްގެ ގައިގައި އަޅައިގަނެ އަހަރެން ވެއްޓެންދިޔައެވެ. ނަމަވެސް ނުވެއްޓި އެމީހެއްގެ އަތުގެ ހިމާއަތް އަހަރެންނަށް ލިބިއްޖެެެެއެވެ. މަޑުމަޑުން އަހަރެން އެމީހަކާދިމާއަށް ބަލައިލީމެވެ. އެވަގުތު އަހަރެންގެ ހިތްހީވީ ހުއްޓުނުހެނެވެ. ހީބިހި ނަގައި ލޯލިތަށް ކޮޅަށްޖެހުނެވެ. މިފެންނަނީ ހުވަފެނެއްކަމަށް ހީވެ. ލޯހުޅުވާލާ ލޯވެސް މަރާލީމެވެ. ފެނުނީ ހުވަފެނެއްނޫންކަން އެނގުނީ މަންޒަރުބަދަލުނުވުންނެވެ. އަހަރެންނަށް މިހެން ނުވަންވީ ސަބަބެއްނެތެވެ. ފެންނަން މިހުރީ އަހަރެންގެ ހުވަފެނުގެ ޕުރިންސްއެވެ.

" އާރ ޔޫ އޯކޭ" ޒުވާނާ އެހެންބުނުމުން އަހަރެން ލަދުން އަވަހަށްދާން ހިނގާގަތީމެވެ. އެވަގުތު ހިތްއުފަލުން ނަށަމުންދިޔައެވެ. ހުވަފެނުގައި ފެނުނު މީހާއާއި އަސްލަށްދިމާވުމުންނެވެ. "ހޮއެ. ހޮއެ. ޑުރާމާއެއްތަ ތި ކުޅެޅީ. އަހަރެންމިއޮތީ ބަލާށޭ..ނަސީބެއްނު އަހަރެން ނޫން މީހެއް މި ވޯޑުގައި ނެތްކަން. މަންމަވެސް އެއްޗެއްގަންނަން ދެންމެ އެ ނުކުތީ" އާރާ ދިމާކޮއްލިއެވެ. "އަޅެ އާރޫ. ކާކުތަ އެއީ. އިނގޭތަ އެއީ އަހަރެންނަށް ހުވަފެނުގައި ފެނުންމީހާ." އާރާ ފުރަތަމަވެސް އަހަރެންނަަށް ހަނދާންކޮއްދިނީ އަހަރެމެން ކިޔަވާ ނުނިމޭކަމެވެ. ކިޔަވާނުނިމެނީސް ލޯބީގެ ޑުރާމާ ނުކުޅުމަށް މަންމަމެން ބުނެފައިވާކަމެވެ. އެއީ އަހަރެންނަށްވުރެ ފަސް ވަރަކަށް އަހަރު ދޮށި މީހެއްކަމާއި އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެންދަރި ކަމާއި، ކިޔަވަން މާލޭގައި ހުރެފައި ޗުއްޓީއަށް ރަށަށް އައިސް އުޅުނީކަމަށެވެ. އެ ކުއްޖާއަކީ ޒިޔާން ކަމުގައިވެސް ބުނެލިއެވެ. އަހަރެންވަކި އެއްޗެއްނުބުނަމެވެ. މައުލޫ ބަދަލުކޮއްލަން އާރާގެ ހާލު އޮލުންފިލިވަންފެށީމެވެ. ވީކީއްތޯ އެހީމެވެ އަހަރެންނަށް އެރޭ ނިދަން އޮށޯވެފައިވެސް ނިދޭ ގޮތެއްނުވިއެވެ. ފިކުރު ކުރެވެނީ ޒިޔާންއާ މެދުއެވެ.

 އެންމެ ފަހުން އަހަރެންނަށް މޮޅު ހިޔާލެއްއައެވެ. އެފްބީ އިން ޒިޔާން ހޯދާ އޭނާ އަށް މެސެޖު ކޮއްލީމެވެ. އެދުވަހަށް ފަހު އެންމެނާވެސް ސިއްރުން އަހަރެން ޒިޔާންއަށް މެސެޖު ކުރަންފެށީމެވެ. ޒިޔާންއަކީ މަޖާ މިޖާޖެއްގެ ޒުވާނެކެވެ. އަހަރެންނަށް އެންމެ ކަމުދިޔައީ ޒިޔާންގެ އެ ސިފައެވެ. ގިނަ ވަގުތު އަހަރެން ހޭދަކުރަނީ ޒިޔާންއާ މެސެޖުކުރުމުގައެވެ. ލަވަކިޔުމުގައެވެ. ހިތުގެ ހާލު އަހަރެން ލަވާގެ ސިފާގައި ބެނެދެމެވެ. ޒިއާންވެސް އަހަރެންނަށް ލަވަ ކިޔާދެއެވެ. މިގޮތަށް އަހަރެއް ފާއިތުވެގެންދިޔައިރު ޒިޔާންގެ ފަރާތުންލިބޭ މެސެޖްތަކަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބަޔަށް ވެއްޖެއެވެ. ޒިޔާންގެ ހަބަރެއްނުވެ އިރުވެއްޖެނަމަ އަހަރެން ހާސްވާންފަށައެވެ. ޒިޔާން އަށް ކަމެއްވީބާވައޭ ހިތަށްއަރައެވެ. އެއްދުވަހެއްގެ ހަވީރެވެ. ފޯނު ހުޅުވާލުމާއިއެކެ ޒިޔާންގެ މެސެޖެއްއައިސް އިނުމުން އުފަލުންހުރެ މެސެޖު ކިޔަންފެށީމެވެ. ކިޔަމުންދިޔަ ވަރަކަށް އަހަރެން ހިތްނެގި ނެގިފައި ޖެހެމުންދިޔައެވެ. ވަގުތުން ލޮލުން ކަރުނައަޔެވެ. ގަބޫލުކުރަންދަތިވިއެވެ. މިހެންމިވީ ކީއްވެހެއްޔެވެ؟ ވީދެރައިން އަހަރެންނަށް ބާރުބާރަށް ރޮވެންފެށުނެވެ. އަހަރެން ދެރަވާނެވަރު ޒިޔާނަށް ހަމަ ނުވިސްނުނީބާވައެވެ. އޭނާގެ މަންމަގެ އެދުމުގެ މަތިން ކުއްޖަކާ ރައްޓެހިވިކަމާއި ދެން މެސެޖުނުކުރަން އެބުނީ އަހަރެންނަށް ކުރާނެ އަސަރުހަމަ ނޭނގޭތީބާވައެވެ؟ އާންއެކެވެ. ކުއްވެރިޔަކީ ޒިޔާންއެއްނޫނެވެ. އޭނާ ދުވަހަކުވެސް އަހަރެންދެކެ ލޯބިވެޔޭ ނުބުނެއެވެ. އަހަރެންވެސް ނުބުނަމެވެ. ކުންހީކުރީ އަހަރެންނެވެ. އޭނާ ބުނާ ވާހަކަތަކުން އަހަރެންދެކެ ލޯބިވާކަމަށް ނިންމީ އަހަރެންނެވެ.

އެދުވަހަށްފަހު އަހަރެން މުޅިންބަދަލުވިއެވެ. އަހަރެންގެ ދިރިއުޅުމުގެ އެއްބައި ކަމުގައިވި މެސެޖުތަށް ނުލިބެންފެށުމުންނެވެ. ވެފައިވި އާދައެެއް ކުއްލިޔަކަށް ނެތުމުންވާނޭ ގޮތްވިސްނޭ ނޫންހެއްޔެވެ.ކޮންމެ ދުވަހަކު އެތަށް ފަހަރަކު ފޯނަށްބެލެއެވެ. ޒިޔާންގެ ހަބަރެއްވޭތޯއެވެ. އެންމެފަހުން އަހަރެން އާރާއަށް ހުރިހާވާހަކަތަކެއް ކިޔައިދިނީމެވެ. އާރާ ފަރާތުން އަހަރެންނަށް އެއްބާރުލުން ލިބުނެވެ. އާރާ އަހަރެންގެ ކަރުނަފުހެދޭން އަހަރެންގެ ގާތުގައިވިއެވެ. އާރާގެ އެހީތެރިކަމާއެކު އަހަރެން ޒިޔާންގެ ހިޔާލުތަކާއި ދުރުވަމުންދިޔައެވެ. އެއީ ރަނގަލު ރަހްމަތްތެރިއެކެވެ. އެދުވަހު އާރާބުނިބަސް ގަބޫލުކުރެވުނު ނަމައެވެ

އަދިވެސް އަހަރެން ހިތަށްއަރައެވެ. ޒިޔާން ހަމަ އަހަރެން މަތިން ހަނދާންނުވޭބާވައެވެ. އަހަރެންނާއިމެދެ އެ ހިތުގައި ހަމަ އެެއްވެސް އިހްސާސެއް ނުވޭބާވައެވެ؟ އަހަރެންނާއި ވާހަކަ ދެއްކުމުގައި އޭނާވެސް އެއްއަހަރު ހޭދަކުރީ ކީއްވެބާވައެވެ؟ އަހަރެންހަމަ ނުބުންޏަސް އަހަރެން އޭނާދެކެ ލޯބިވާކަން ނޭނގުނީބާވައެވެ؟ ޖަވާބު ބޭނުން އެތަށް ސުވާލުތަކެއް އަހަރެންގެ ހިތުގައިވިއެވެ. ނަމަވެސް ދެން ޖަވާބު ބޭނުމެއްނޫނެވެ. އެއީ މާޒީކަމުގައި ބަލައި ދިރިއުޅުމުން އެބާބު ނިންމާލީމެވެ.

- ނިމުނީ -



ޚިޔާލު :

ޚިޔާލު ފާޅުކުރެއްވުމަށް

ހިޔާލު