މިލަންދޫ ދަތުރު


ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ބަލާލިއިރު ލަސްވެގެން ދަތުރުގެ ބައިވެރިއެއްކަމުގައިވާ ޒާނާ ގުޅަނީއެވެ. އޭރު ގަޑިން 5:30 ވަނީއެވެ. ފެންވަރާ ތައްޔާރުވެގެން ޒާނާމެން ގެޔަށް ގޮސް އޭނާއާއެކު ބަނދަރު މައްޗަށް ދިޔައިރު އަހަރެމެން ފިޔަވައި ހުރިހާ އެންމެންވެސް ތިބީ ދަތުރު ދިޔުމަށް ހަމަޖެހިފައިވާ މުތީ ދޯންޏަށް އަރާފައެވެ. ދޯނި ރަށުން ފުރީ ހެދުނު 6:15 ހާއިރުއެވެ. ދުވަހަކީ 2015 އޭޕްރީލް 30 ވަނަ ދުވަހެވެ. އިހަވަންދޫ މަދަރުސާގެ ޕްރިފެކްޓް ބޯޑުގެ ފަރާތުން ށ.މިލަންދޫ އަށް  ތަޖްރިބާ ދަތުރެއް ކުރާ ދުވަހެވެ. މިދަތުރުގައި ބައިވެރިވަނީ އަޅުގަނޑު ހއ. ތުރާކުނު މަލާމެލި މަރިޔަމް ޒޫނާގެ އިތުރުން 60 ޕްރިފެކްޓުންނާއި ބައެއްކުދިންގެ ބެލެނިވެރިންނާއި ޕްރިފެކްޓް ބޯޑުގެ މެންބަރުން އަދި ސުކޫލުގެ އިސްވެރިންނެވެ.
ދަތުރުމަތީގައި ދެތިން ކުއްޖަކު ހޮޑުލުން ފިޔަވައި މާބޮޑު ކަމެއް ނުހިނގައެވެ. އެންމެންވެސް ތިބީ ފޯނުން ކޮންމެވެސް ކަމެއް ކުރުމުގައެއެވެ. އެއްބަޔަކު ސެލްފީއާއި ފޮޓޯތައް ނެގުމުގައި އުޅުނު އިރު އަނެއްބަޔަކު އުޅުނީ ފޭސްބުކް ސްޓޭޓަސް އަޕްޑޭޓްކުރުމުގައެވެ. ބައެއް ބެލެނިވެރިން ކޮންމެ ވެސް އޮލަވާހަކަތަކެއްގައި ތިއްބެވެ. އަހަރެންވެސް ފޫހިވެގެން ގޭމްކުޅެލަން އިނީއެވެ. ތިން ގަޑިއިރުގެ ނިޔާމަ ދަތުރަކަށްފަހު ށ. މިލަންދޫ އަށް ލެފުނީ 9:15 ހާކަން ހާއިރުއެވެ. މިލަންދޫ އަކީ ބޮޑު، މަލަމަތި ފެހި ރަށެކެވެ.

މުޅިން ތަފާތު ފިލްމު

 ޑްރާމާގެ މި ސީނުން އިވިގެންދާނީ ރާއްޖޭގެ މީޑިޔާތަކުން ވަރަށް ބޮޑަށް އިޝްތިހާރުކުރި ފިލްމެއް ބަލަންދިޔަ ދެ މީހުން ކަމުގައިވާ ނިޝާއާއި އާންތު، ފިލްމުގެ އިންޓާރވަލްގަޑީގައި އެތަނުން ދިމާވި އެމީހުންގެ ރައްޓެހި ކުއްޖަކާއެކު ފިލްމާ ބެހޭގޮތުން ދެއްކި ވާހަކަތަކެވެ.

މަންޒަރު 1 : އޮލިމްޕަސް ގޯތިތެރެ
ވަގުތު : ރޭގަނޑު
  ( ތީމް މިޔުޒިކް): TT
 ( ދުއްވާ އެއްޗެހީގެ އަޑު ): Fx
ކިއު : ދުއްވާ އެއްޗެހީގެ އަޑު މަޑުމަޑުން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަންވާނެ
އާންތު : (އުފާވެފައި) އޭތް! މަރީ ކޮންތާކު ތިއުޅެނީ... ނުވެސް ފެނިލަ... ފިލްމަށް އައިސް ދޯ ތިއުޅެނީ ..
ނިޝާ : އެބުނާހެން... މަރީ ކޮންތާކުތަ ތި އުޅެނީ؟ ދައްކާވެސް ނުލާވިއްޔަ...!
މަރީ : ބިޒީކަމުން ނުދެވެނީއޭ... މި ތަނަށްވެސް މިއައީ ހަމަ މިފިލްމު ބަލާލާހިތުން...

މުޖައްރިބު ފަންޑިތަ


ހަސަނަށް ހޭލެވުނީ ފޯނު އެލާމްވާން ފެށުމުންނެވެ. ގަޑި ބަލާލިއިރު ވަގުތުކުޑަތަންވަނީއެވެ. އެ ފަންޑިތަވެރިޔާ ބުނި އެއްޗެހި ހޯދަން ކޮންމެގޮތެއް ހަދާފައިވެސް އޭނާ ދާނެއެވެ. ގަޑިން ބާރަޖެހިއިރު ހަސަނު ހުރީ ރަށުގެ ފުއްޓަރު ފަރާތުގައެވެ. ރާޅުޖަހާފަށުން ހެޔޮވަރުގެ ގަލެއް ނަގައިގެން ފަންޑިތަވެރިޔާގެ ގާތަށް ދިޔުމަށް މިސްރާބުޖެހިއެވެ. އޭނާ ފަންޑިތަހަދަނީ ރައްޓެހިންގެ މަޝްވަރާގެ މަތިންނެވެ. އޭނާ މިކަންކުރަނީ އޭނާ ބުނާގޮތުންނަމަ މިރަށުގައި ހުރި އެންމެ މޮޅު ފަންޑިތަވެރިޔާގެ ކައިރިންނެވެ. ދިހަ ހާހަށްވެސް އެކަންކުރަނީ އެހެންވެއެވެ. އޭނާ އެންމެ ލޯބިވާކުއްޖާ ކާމިޔާބުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބޭތީއެވެ.

"މާދަމާ ކޮންމެވެސް ވަގުތަކުބިސްމި ކިޔާފައި މިގަލުން އެ އަންހެން ކުއްޖާގައިގާ ޖަހާ.. އޭރުން އެކުއްޖާ ފަހަތުން އަންނާނެ.. މިއީ ޔަޤީން މުޖައްރިބު ކަމެއް.. ދެން މިރޭ ގޮސް ނިދާލާ.."ގައު ގެނައުމުން ފަންޑިތަވެރިޔާ ގަލުގައި އެއްޗެހިތަކެއް ލިޔުނެވެ. ހަސަނަށް ހީވެއެވެ. އޭނާގެ ނަސީބު އައިސް އަތުގާ ހިފާފިއެވެ.

"ފޭކު" ދަތްއުނގުޅާބޭސް



ސިއްސައިގެންގޮސް ހޭލެވުނީ ކައިރީ ހުރި ސޯނާ ގަޑީގެ އަޑުފަށްގަނޑަށެވެ. އެއަށް ބަލާލިއިރު އަށެއް ޖަހަން ފަންސަވީސް މިނެޓު ހުއްޓެވެ. އިއްޔަވެސް ގަޑި ސޯނާކޮށްފައި އެބެހެއްޓުނީ ނުބައިކޮށެވެ. ހިތްހަމަނުޖެހިފައި ހުރެގެން އަވަސްއަވަހަށް ބުރުހަށް ބޭސްއެޅުމަށްފަހު ދަތް އުނގުޅައި ނިންމާލައިފީމެވެ. ލޯގަނޑުން ދަތްޕިލައަށް ބަލާލީ ދަތްޕިލާ ހުދުވާނެކަމަށެވެ. ނަމަވެސް ދަތްޕިލައަކަށް މާބޮޑު ހުދުކަމެއް ނާދެއެވެ. މިއަދު ބޭސްވެސްމިއެޅީ އެހެންޏާ އަޅާވަރަށްވުރެ ގިނައިންނެވެ. ކުރާނެކަމެއްނެތެވެ. މިހާރު ކޮންމެ އެއްޗެއްގެވެސް ހުންނަނީ "ފޭކެވެ." މި ބޭހުން ރަނގަޅަށް ގަރުވެސް ނާރަނީއެވެ. ނުވިތާކަށް އެހާ އާވިވެސް ގަދައެވެ. ނަމަވެސް ދަތްޕިލައަކަށް ހުދުކަމެއް ނާރައެވެ. މިފަދަ ހިޔާލުތަކެއްގައި ހުރެ ފެންވަރައި ނިންމާލައިފީމެވެ.

ސަމާސާ އަދަބުގެ ތެރެއިން: މިއަދުމީ މާ ހާއްސަ ދުވަހެއްތަ؟



ރާޒިއާ އަކީ ދެކުދިންގެ މަންމަ އެކެވެ. އޭނާގެ އެއްކުއްޖަކު ހުންނަނީ އޭލެވެލް ކިޔެވުމަށްޓަކައި މާލޭގައެވެ. އަނެއްކުއްޖާ އުޅެނީ ރަށު ސުކޫލުގެ ގުރޭޑް 8 ގައެވެ. ދުވަސްވަރަކީ ސުކޫލުތަކުގެ ކިޔެވުން އެއްދަންފަޅި އަށް ބަދަލުކުރުމުގެ ކުރިކަމުން ގުރޭޑު 8 އަކުން މަތީގެ ހުރިހާ ކުދިންވެސް ދާންޖެހޭނީ ހެދުނެވެ. އޭނާގެ ފިރިމީހާ އަކީވެސް ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހެކެވެ. ވުމާއެކު އޮފީހަށް ދާންޖެހެނީ ހެދުނެވެ. އޭގެތެރެއިން  އެއްދުވަހެވެ.

ޚިދުމަތްތެރި ނަމޫނާ މުދައްރިސެއް


ހއ. އިހަވަންދޫ އާހިޔާ އަލްފާޟިލް އަހުމަދު ރަޝީދު ނުވަތަ އާންމު ނަމުންނަމަ ދޮންބެއަކީ ހއ.ހޯރަފުށީ އަލަނާސިގޭ މުޙައްމަދު ޔޫސުފާއި ހއ. އިހަވަންދޫ ނެދުންގޭ ޖަމީލާ އާދަމަށް ލިބިފައިވާ ހަތް ބޭފުޅުންގެ ތެރެއިން ހަތަރުވަނަ ބޭފުޅާއެވެ. މިޒާޖުގައި މަޖާގޮތެއްހުންނަ އަލްފާޟިލް އަހުމަދު ރަޝީދު ދުނިޔޭގެ އަލިކަންދެކެވަޑައިގެންފައިވަނީ 5 ފެބުރުއަރީ 1974 ގައި ހއ. އިހަވަންދޫ ވެދުންގެއަށެވެ. 2001 ވަނަ އަހަރު އެބޭފުޅާ ޒަވާޖީ ހަޔާތެއް ފަށްޓަވާފައިވާއިރު އެކައިވެޏަށްވަނީ ދަރިކަލަކާއި ދަރިކަނބަލެއް ލިބިވަޑައިގެންފައެވެ.