ޑްރާމާގެ މި ސީނުން އިވިގެންދާނީ ރާއްޖޭގެ މީޑިޔާތަކުން
ވަރަށް ބޮޑަށް އިޝްތިހާރުކުރި ފިލްމެއް ބަލަންދިޔަ ދެ މީހުން ކަމުގައިވާ ނިޝާއާއި
އާންތު، ފިލްމުގެ އިންޓާރވަލްގަޑީގައި އެތަނުން ދިމާވި އެމީހުންގެ ރައްޓެހި
ކުއްޖަކާއެކު ފިލްމާ ބެހޭގޮތުން ދެއްކި ވާހަކަތަކެވެ.
މަންޒަރު 1 : އޮލިމްޕަސް ގޯތިތެރެ
ވަގުތު
: ރޭގަނޑު
( ތީމް މިޔުޒިކް): TT
( ދުއްވާ
އެއްޗެހީގެ އަޑު ): Fx
ކިއު : ދުއްވާ އެއްޗެހީގެ އަޑު މަޑުމަޑުން އެއްވަރެއްގައި
ހިފެހެއްޓިފައި ހުންނަންވާނެ
އާންތު : (އުފާވެފައި) އޭތް! މަރީ ކޮންތާކު ތިއުޅެނީ...
ނުވެސް ފެނިލަ... ފިލްމަށް އައިސް ދޯ ތިއުޅެނީ ..
ނިޝާ : އެބުނާހެން... މަރީ ކޮންތާކުތަ ތި އުޅެނީ؟
ދައްކާވެސް ނުލާވިއްޔަ...!
މަރީ : ބިޒީކަމުން ނުދެވެނީއޭ... މި ތަނަށްވެސް މިއައީ
ހަމަ މިފިލްމު ބަލާލާހިތުން...
ނިޝާ : (މަލާމާތުގެ ރާގެއްގައި) އާން! ކޮންމެހެންވެސް މި
ފިލްމަށް އަންނަޖެހޭނެތާ ދޯ! މިހާ ރީތި ފިލްމެއް އަދި މިތާކު ނާޅުވާ ވިއްޔަ...
މަރީ : އާން! ހީވަނީ އެހެން ކަމެއްހެން... އައީމަ މި
އެނގުނީ މީގެ ފެންވަރު... އެހާވަރުން އައިސް ގެ ބަލާނެ އެއްޗެއް ނޫން... ވަގުތު
ބޭކާރު މިވީ... މިއަށްވުރެ މާ ރަނގަޅުވާނެ ގޭގަ އިނދެގެން ޑްރާމާ ގަނޑެއް
ބަލައިލިޔަސް...
ނިޝާ : (ހިތްހަމަނުޖެހިފައިވާ ރާގެއްގަ) މި ވަރު
ތަންފުކެއް ބޮޑު... ތަފާތު އާދަޔާ ޚިލާފު ފިލްމެކޭ ކިޔައިގެން ފޮނިކެނޑިޔަސް
ބޮޑުވަރު... މިއުޅޭ މީހުންނަށް ހީވަނި ފިލްމެއް ކުޅެލެވޭ އިރަށް މާ މޮޅު ވީހެން...
އަވަހަށް ފިލްމު ޑައިރެކްޓަރަކަށް ވަނީ... އެކްޓްކުރަނީޔޭ ކިޔައިގެންވެސް
ތެޅިފޮޅެނީ....
(އެއްފަހަރާ
އެންމެން ހޭންފެށި އަޑު): Fx
އާންތު : ދެން އެހެންވީމަ މި ފިލްމު ތަފާތެއް ނޫންތަ
އެހެން ފިލްމުތަކާ... ހަމަގައިމުވެސް މަށަށް ތަފާތު... އެހެންޏާފަހެ މީގައި
ހާދިސާއެއްވެސް ނެތެއްނު... ހުސް އަނގަތަޅަނީ... އަމިއްލައަށް މަޖާވެގެން...
މިވަރަށް ދެން ތަފާތު ވާނީ... އެހެން ފިލްމުތަކުގަ ގައިމުވެސް ހާދިސާއެއް
އޮވެއެއްނޫންތަ...
ނިޝާ : (ފޫހިވެފައި ހުރި ރާގެއްގަ) ތިބުނީ ތެދަށް... މަ
މިހުރީ އާދެވުނު މޮޔާގަ..
މަރީ : ( އެއްބައިވެލާ ރާގެއްގައި) މަވެސް ހަމަ މިހުރީ
އާދެވުނު މޮޔަ ހިތަށް އަރާފަ... ދެން އެހެންނުވާނީ އެވަރަށް އިޝްތިހާރު
ކޮށްފިއޭ... އާދެވޭނެއްނު...
(ބެލް ޖެހި އަޑު): Fx
އާންތު : އޭ! އެއޮށް ގަޑިޖެހުނީ... ދެން އޮތްބައި ނަމަވެސް
ކަމުދިއައްޔާ ރަނގަޅު... ހިނގާ ދާން... ބެލްވެސް އަޅާފި..
( ބްރިޖް މިޔުޒިކް): TT
ޚިޔާލު :
ޚިޔާލު ފާޅުކުރެއްވުމަށް
ހިޔާލު