ރައިވަރު ޝަރަހަ


. މުޑަނު ފޮތުގެ 28 ވަނަ ރައިވަރު ( ޞަފްޙާ 154، ކަންޒުލްއަދަބު) 

ރޭތެ ބަލިތަކު ހިނގާ     (ބަލިތަކުތެރޭ ހިނގާ)

ބޭހާއި ފަރުވާތަކާ       (ބޭހާއި ފަރުވާތަކާ)

ދޭހަކޮށް ދިނަކަސްކިޔާ    (ކިޔާ ދޭހަކޮށްދިނަކަސް)

މޭރުން ސަފުންނުވަންޏާ   (ސަފުން މޭރުން ނުވަންޏާ)

ތޭނެމަބުބަލަ ބަހެއް ނާނެ  (ބަލަމަބުނާނެ ބަހެއްނެތޭ)

ހޭކަމުދާން އޮންނާނެ     (ކަމުދާން އޮންނާނެހޭ)


މިދުނިޔޭގައި މާތްﷲ ތަފާތު އެތަކެއް ބަލިތަކެއްވަނީ ލައްވާފައެވެ. އަދި މިބަލިތައް ޖެހުމުގެ ސަބަބުން އެތައް ވޭންތަކެއް ތަހައްމަލު ކުރަންޖެހެއެވެ. ވުމާއެކު ދުނިޔޭގައިވާ ބަލިތަކުގެ ބޭހާއި ފަރުވާ ކޮންމެހެންވެސް އެނގެންޖެހެއެވެ. އަދި ހަމައެހެންމެ މިތަކެތި އެހެންމީހުންނަށް ކިޔައިދޭންވެސް ޖެހެއެވެ. ނަމަވެސް ކިތަށްމެ ވަރަށް މިކަންތައްތައް ކިޔައިދީ އަންގައިދޭން އުޅުނުކަމުގައިވިޔަސް ބުނާ އެއްޗެއް ދޭހަނުވާނަމަ ކަމުދާނެހެއްޔެވެ؟ އޭރުން އެފަދަ މީހުންނަށް ކިޔައިދޭން އުޅޭ އުޅުންވެސް އޮންނަނީ ބޭކާރުކަމަކަށް ވަނީވެފައެވެ. އެހެންކަމުން މިރައިވަރުގައި ދީފައިވާ މެސެޖަކީ ކިތަންމެ ވަރަކަށް އެއްޗެއް ކިޔައިދީ އަންގައިދޭން އުޅުނުކަމުގައިވިޔަސް އެކިޔާދޭ އެއްޗެއް ދޭހަނުވާ ކަމުގައިވަނީނަމަ ކަމަކުނުދާނެއެވެ. ހައްތާވެސް ވަގުތުވާނީ ބޭކާރެވެ. އެހެންނަމަވެސް މީގައި ކިޔަވައިދޭ މީހާގެ ކުށެއްނެތެވެ.

ޚިޔާލު :

ޚިޔާލު ފާޅުކުރެއްވުމަށް

ހިޔާލު