"މާދަމާ ކޮންމެވެސް ވަގުތަކުބިސްމި
ކިޔާފައި މިގަލުން އެ އަންހެން ކުއްޖާގައިގާ ޖަހާ.. އޭރުން އެކުއްޖާ ފަހަތުން
އަންނާނެ.. މިއީ ޔަޤީން މުޖައްރިބު ކަމެއް.. ދެން މިރޭ ގޮސް ނިދާލާ.."ގައު
ގެނައުމުން ފަންޑިތަވެރިޔާ ގަލުގައި އެއްޗެހިތަކެއް ލިޔުނެވެ. ހަސަނަށް ހީވެއެވެ.
އޭނާގެ ނަސީބު އައިސް އަތުގާ ހިފާފިއެވެ.
ހަސަނު ގެއަށްގޮސް އެގައު އެނދު ކައިރީ ބާއްވާފައި ނިދަން އޮއްތާފިއެވެ. އޭނާ ހުރީ ދުވަހަކު ނުވާހާވަރަށް އުފާވެފައެވެ. ވާނީވެސް އެހެންތާއެވެ. އޭނާ މިއޮތްހާ ދުވަހު ނުވެގެން އުޅޭކަންތައް ވަނީއެވެ. ސުމީ ނުލިބިގެން އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެތައް ނަދުރެއްވެސް ބުނެވިއްޖެއެވެ. ދުވާލު ހަތަރުދަމު އަވީގައިވެސް އޮތީ ސުމީ ލިބޭތޯއެވެ. ހިޔާލުތަކުގެ ދުނިޔޭގައި އޮވެފައި ހަސަނަށް ނިދުނީ ވަރަށްވެސް ލަހުންނެވެ.
ހަސަނަށް ހޭލެވުނުއިރު ކުދިން
ސުކޫލުން ފޮނުވާލާ ގަޑި ޖެހެނީއެވެ. އަވަސް އަވަހަށް ފެންވަރާލައިގެން ނުކުމެ
އަތުގައި ހުރި ގަމީސްތަކުން އޭނާ އަށް އެންމެ ރީތި ގަމީސް ލާފިއެވެ. ހަސަނަށް
އެއްތާކު ދެފައެއް ނުޖެހެއެވެ. ބޮލުގައި ފުނާ އަޅައި އޮމާންކޮށް ސެންޓް
ޖަހާތައްޔާރުވެގެން ބަލާލި އިރު ސުކޫލަށްދާ ގަޑި ޖެހެން ހުރީ ދެމިނެއްޓެވެ. އަވަސް
އަވަރުވާލާފައި އޭނާގެ ބައިސްކަލުގަނޑުގައި ސުކޫލާ ހަމައަށް ދިޔައިރު ކުދިން
ފޮނުވާލައިފިއެވެ.
މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެއެވެ. ސުމީ ގެޔަށް ދާން ނުކުމެއްޖެއެވެ. ހަސަނު ބައިސްކަލުގައި ސުމީގެ ފަހަތުން ދަމުން ބިސްމި ކިޔާފައި އެއްކަލަ ގާގަނޑު އެއްލާފިއެވެ. ހަމައެއްލުމާއެކު ސުމީ ފަހަތަށް އެނބުރިއްޖެއެވެ. ހަސަނު އުފަލުން ހަށްޓަކު ހެއެއްނެތެވެ. ގަޔަށްބާރުލާފައި ގެޔާދިމާއަށް ބައިސްކަލު ދުއްވާލިއެވެ. ލޯމަރައިގެން އިނދެގެން ބައިސްކަލު ދުއްވަމުން މަޑުމަޑުން ފަހަތްބަލާލިއިރު ސުމީ އަންނަތަންފެނުނެވެ. ހަސަނަށް ހުރެވޭނުހުރެވޭ ތަނެއްވެސް ނޭގުނެވެ. ރޫސްލާފައި އައިސް ބައިސްކަލުގަނޑު އެއްލާލުމަށް ފަހު ގެޔަށްވަދެ ދޮރު ތަޅުލިއެވެ. އޭރުވެސް ފަހަތުން ސުމީ އަންނަތަން ފެނެއެވެ. ހަސަނު ހިތަށް އެރިއެވެ. މި ސުމީ ދެން އުޅޭނީ އޭނާ އާ ހެދި މޮޔަވެގެންނެވެ. ހާދަހާވާ މޮޅު ފަންޑިތަވެރިޔެކެވެ. އިތުރަށް ބުނާނެ އެއްޗެއްނެތެވެ. ވާނީވެސް އެހެންނެވެ. އެ ގާގަނޑުން ޖެހުނުހެން ހީނުވެ ސުމީ އޭނާ ފަހަތުން އަންނަފަށާފިއެވެ.
"ޓައް! ޓައް!" ހަސަނު ސިއްސައިގެން ދިޔައީ ދޮރުފަތުގައި ތަޅައިގަތް އަޑަށެވެ. މަޑުމަޑުން ދޮރުފަތް ހުޅުވާލުމާއެކު އޭނާގެ ގަޔަށް އެރީ އިލޮށިފަތީގެ ހޫނުގަދަ އެތިފަހަރެކެވެ. އެއާއެކު ބޮޑު ގާބުރިއެއްވެސް އޭނާގެ ގައިގާ ޖަހާފިއެވެ. " ތި އޮތީ ބަދަލަށް ބަދަލު ހިފާފަ... އަހަރެންގެ ދަރިފުޅުދެކެ މާ ލޯބިވާ މީހެއްކަމަށް ހެދިގެން އުޅޭނެ... އެކަމަކު ބަލާބަލަ ކުރިކަންތައް... ތިއޮތް ގާބުރިންނޭ އެފަކީރުގައިގާ އެ ޖެހީ... އެ އޮތީ މުޅިން އެތަން ދުޅަވެފަ... ދެން އަހަރެންގެ ދަރިފުޅު ފެންނަ ހިސާބަށްވެސް އައިސްގެންނުވާނެ..." "ތިހެން އޮވޭ" ސުމީގެ މަންމަ އަނެއްކާވެސް އިލޮށިފަތިން ޖެހުމަށްފަހު ހިނގައްޖެއެވެ.
ހަސަނު އިނީ ގަބު އަރާފައެވެ. އޭނާގެ ހިޔާލީ ގަނޑުވަރު ފުނޑުފުނޑުވީއެވެ. ހުރިހާ ހުވަފެންތައް ވިއްސިވިހާލިވީއެވެ. އެތައް ހާސް ރުފިޔާ އެއް ކާލުމަށް އެ ފަންޑިތަވެރިޔާ އޭނާއަށް އެދިނީ ލަނޑެކެވެ. ދެން ދުވަހަކުވެސް އޭނާއަށް ސުމީ ނުވެސް ފެންނާނެއެވެ.