ރައިވަރުން ދޭހަވާ މާނަ


ޖުންޖުގައި ތެރޭލާ       (ޖުންޖުލާ ތެރޭގައި)            
ކުންއެބޮޑުހިނދުރާޅުވާ     (އެކުން ރާޅުބޮޑުވާ ހިނދު)
ނުންހިމޭނައު ނުވާމާ      (މާ ހިމޭނުން ނުވާ ނައު)
މުންފުތައް ރޫޅައިރިޔާ     (ރިޔާތައް ރޫޅައިފުމުން)
ގުންއޮތް ބަލައިނުރައްކާމަ   (އޮތް ރައްކާ މަގުން ނުބަލައި)
ރުންނުވެވޭށި ރައްކާމަ     (މަރުން ރައްކައު ނުވެވޭށި)
=ކަންޒުލް އަދަބު ޞ.149=


ދޭހަވާ މާނަ: ނާޒުކު ދަނޑިވަޅެއް ދިމާވާ ހިނދު އެކަމުގައި އޮތް އެންމެ ރައްކާތެރިގޮތް ނުބަލާ ޢަމަލުކޮށްފިނަމަ ލިބޭ ގެއްލުން ބޮޑުވެގެންދާނެއެވެ. 

ޚިޔާލު :

ޚިޔާލު ފާޅުކުރެއްވުމަށް

ހިޔާލު