ވެހޭ ވާރޭ ތެރެއިން



ޖެހި ގުގުރިއަކާއެކު ޒިލާލަށް ހޭލެވިއްޖެއެވެ. މުޅިކޮޓަރި ތެރެއަށް ވެރިވެފައި ވަނީ އަނދިރިކަމެވެ. އަނދިރިކަމުގެ ތެރެއިން އިރު އިރުކޮޅާ އަލިކަން ގެނެސް ދެނީ ވިދާލާ ވިދުވަރުންނެވެ. ޒިލާލު ކައިރީގައި އޮތް ފޯނުން ގަޑި ބަލާލިއެވެ. އެއިރު މެންދަމުން އަލިވެ ދެގަޑި ބައިވީއެވެ. ފޫހިގޮތަކަށް އެނދުމަށްޗަށް ފޯނު އެއްލާލުމަށްފަހު ނިދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމެއް ޒިލާލަކަށް ކާމިޔާބެއް ނުވިއެވެ. މި ފިނިރޭ އޭނާއަށް ހަނދާން ތަކެއް އާވާ ކަހަލައެވެ. ތެދެކޭ... މީގެ ދެތިން ދުވަހުގެ ކުރިއެވެ. ވެހޭ ވާރޭތެރެއިން މަޖާވެފައި މަގުގެ ދެކޮޅަށް ފެންގަނޑުތެރޭ ފައިތަޅަމުން އެދުވާ ޒުވާނާއަށް ބަލަން ގޭ ދޮރާށި ކައިރީ ޒިލާލަށް ހުރެވުނީ ދީވާނާވެފައެވެ.



ކުއްލިއަކަށް ޒިލާލު ސިއްސައިގެން ދިޔައީ އެޒުވާނާގެ ނަމުން ދެބައި ފުރާގެ އަންހެނަކު މަގުމަށްޗަށް ނިކުމެ ބާރު އަޑަކުން ގޮވާލުމުންނެވެ.

"ޒާރާ! ހަމަ މިހާރު ގޭތެރެއަށް ވަދޭ...!"

އެމީހާގެ ހަރުކަށި އަޑު ޒާރާގެ ކަންފަތުގައި ޖެހުމާއެކުއެމޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ޒިލާލުގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިއްޖެއެވެ.

އެ އަންހެންމީހާ އެއީ ޒާރާގެ ކާކުބާވައެވެ؟ ޒާރާ އެ އަންހެނާ ދެކެ އެހާ ޖެހިލުން އެވީ ކީއްވެ ބާވައެވެ؟

ގޮތް ނޭގޭ އެ އަންހެންކުއްޖާގެ ހިޔާލުތައް ޒިލާލުގެ ސިކުނޑީގައި އެނބުރެމުން ދެއެވެ. ނުނިދިގެން އެނދުގައި ދެފަތާރަށް ފުރޮޅިލަ ފުރޮޅިލާ އޮއްވާ ފަތިސް ނަމާދުގެ ބަންގި ގޮވައިފިއެވެ. ހަމަ އެއާއެކު ފޯން ރިންގުވާން ފެށިއެވެ. ޒިލާލު ފޯން ނެގިއެވެ.

ވާހަކަ ދެއްކީ ޒިލާލްގެ މަންމައެވެ. "ދަރިފުޅާ ފަތިސް ނަމާދަށް ދާން ހަނދާން ކޮށްދޭން މަންމަ މިގުޅާލީ."

ޒިލާލް ވާހަކަ ދެއްކިއެވެ. "އެހެންތަ! އަހަރެން މިއުޅެނީ ހޭލައޭ މަންމާ."

އަނެއްކާވެސް މަންމަ ވާހަކަ ދެއްކިއެވެ. "ދަރިފުޅު ހިތްހަމަޖެހޭތަ ތިރަށުގަ އުޅެން.."

އާނ! ކީއްވެ އަހަރެން ހިތްހަމަ ނުޖެހެންވީ؟ މިވީ ހަފްތާއެއްގެ ތެރޭގަ އަދި ހިތްހަމަ ނުޖެހޭވަރުގެ ކަމެއް ދިމައެއް ނުވޭ. އެހެން ނޫނަސް އެކަހަލަ ކަމެއް ދިމާވެއްޖެޔާ މަންމަ ކައިރީގައި ބުނާނަން. މަންމާ ދެން މިވަގުތު ފޯނު ބާއްވަނީ ނަމާދަށް ދާން ތައްޔާރުވެލަން މިއުޅެނީ."

މިހެން ބުނުމަށް ފަހު ޒިލާލު ފޯން ބޭއްވިއެވެ. ފަތިސް ނަމާދަށް ދާން ތައްޔާރު ވެލައިގެން މިސްކިތަށް ދާން ޒިލާލް މަގުމަށްޗަށް ނިކުތެވެ. ރޭގަ ވާރޭ ވެހުނުލެއް ބޯކަމުން މުޅި މަގުމަތީގައިވަނީ ފެން ކޯރު ހެދިފައެވެ. ޒިލާލް މަޑު ފިޔަވަޅުތަކެއް އަޅަމުން މިސްކިތަށް ގޮސް އެރިއެވެ. ފަތިސް ނަމާދު ކުރުމަށްފަހު ޒިލާލް އެނބުރި އޭނާ އުޅޭގެއަށް އައެވެ. ރޭގަ ހަމަ ނިދި ނުލިބުމުގެ ސަބަބުން ބޮލުގައި ރިއްސާތީ ހަތް ގަޑި ބައިވަންދެން ނިދާލުމަށް ގަޑި ސޯނާކޮށްގެން އޮށޯތެވެ. ޒިލާލަކީ ހދ. ހަނިމާދޫ ކުއްޖެކެވެ. އޭނާ ވަޒީފާ އަދާކުރުމަށް މީގެ ހަފްތާއެއް ކުރިން ހދ. ކުޅުދުއްފުއްޓަށް ބަދަލުވީއެވެ. އޭނާ މަސައްކަތް ކުރަމުން ދަނީ ހދ. ކުޅުދުއްފުށީގައި ހުންނަ ދިވެހިރާއްޖޭގެ ގުޅުން "ދިރާގު" ގައެވެ.

ގަޑި ސޯނާ ވުމާއެކު ޒިލާލަށް ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ ފެންވަރައިލައިގެން ނިކުތެވެ. އެއިރު ދޮރުގައި ސަކިންތަ ޓަކިދެމުން އެކޮއެ ޒިލާލު އަވަހަށް ސައިބޯން އަންނާށޭ ގޮވަމުން ދެއެވެ. ޒިލާލު އަށް ކުރެވުނު އަވަހެއް ކުރިއެވެ. ޔުނީފޯމް ލައި ތައްޔާރުވެލައިގެން ނިކުތް އިރު ސަކިންތަ އިންތިޒާރުގައި އިނެވެ.

ޒިލާލް ފެނުމާއެކު ސަކިންތަ ބުނެލިއެވެ. "އެކޮއެ މިއަދު ހާދަ ލަސްވީ ކިހިނެއްވީ؟ ހޭނުލެވުނީތަ؟"

ޒިލާލު ދިނީ ކުރުޖަވާބެކެވެ. "ފަތިސް ނަމާދުން އައިސް ޖައްސާލިތަނާ ނިދުނީ."

އަސްތާ މިހާރު ހަތްގަޑި ސާޅީސް ނުވައެއް ވަނީ ކުލިއަކަށް ޒިލާލަށް ބުނެލެވުނެވެ. އަދި މިއަދު ސައި ބޯނެހާ ވަގުތު ނެތް ކަމަށް ސަކިންތަ ކައިރީ ބުނުމަށްފަހު ހަލުވި ހިނގުމެއްގައި ދޮރާށިން ނިކުމެގެން އޮފީހަށް ދިއުމަށްޓަކައި ދިޔައެވެ. ސަކީނާއްތައަކީ ޒިލާލު މަންމަގެ ވަރަށް ގާތް ރައްޓެއްސެކެވެ. އެގޭގައި ދިރިއުޅެމުންދަނީ ސަކިންތަޔާ ސަކިންތަގެ ފިރިމީހަ އާދިލްއެވެ. އެދެމަފިރިންނަކީ ދަރިން ނުލިބޭ ދެމަފިރިންނެވެ. އެހެންކަމުން ޒިލާލްއަށް އެދެމަފިރިންމެ އެހާ ހެވެ.

އާދައިގެ މަތިން މިއަދުވެސް ޒާރާ ހެނދުނު ގޭ މަގުމަތި ކުނިކަހަމުން ދިޔައެވެ. ވަގުތަކީ ޒިލާލް އޮފީހަށް ދިއުމަށްޓަކައި ގެއިން ނިކުތް ވަގުތެވެ. ޒިލާލްއަށާ ޒާރާއަށް އެކަކު އަނެކަކަށް ބަލާލެވުނީ އެއްވަގުތަކާއެވެ. ޒާރާ ރަކިވިއެވެ. ޒިލާލަށްވެސް ނޭންގޭ އިޙުސާސެއް ކުރެވިއްޖެއެވެ. އެއީ ދުވަހަކުވެސް މީގެ ކުރިން ޒިލާލުކުރި އިޙުސާސެއް ނޫނެވެ. ފުރަތަމަ ނަޒަރުން ޒިލާލުގެ ހިތުގައި ޒާރާއަށްޓަކައި "ލޯބި" އުފެދިއްޖެއެވެ. މަޑު ހިނގުމެއްގައި ޒިލާލް ކުރިއަށް ދިއުމަށް ހިނގާގަތެވެ. މިއަދު އޮފީހުގައި މަސައްކަތް ކުރާ ހިތެއްވެސް ޒިލާލެއް ނުވިއެވެ. ވިސްނެނީ އެ އަންހެން ކުއްޖާއާ މެދުއެވެ. ޒާރާއާ މެދުއެވެ. އެ ފަރި ހިނިތުންވުން ޒިލާލުގެ ހިތް ޒަހަމްކޮށްފިއެވެ. ލޯބީގައި ދީވާނާ ކޮށްފިއެވެ. ލޯބީގެ ކަނޑުގެ އެންމެ ފުންމިނަށް ޒިލާލް ގެނބިއްޖެއެވެ. އެއީ ކީއްކުރާ ކޮންތާކު، ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްކަމެއްވެސް ޒިލާލަށް ނޭނގޭ ހާލުގައެވެ. ލޯތްބަކީ އެކަހަލަ އެއްޗެކެވެ.

މިއަދު ޒާރާގެ ހާލަތުވެސް ހުރީ ހަމަ އެގޮތަށެވެ. އެރީތި ޒުވާނާގެ ރީތި ތަސްވީރު ޒާރާގެ ހިތުގައި ބިންވަޅު ކެނޑިއްޖެއެވެ. ދިގު އިސްކޮޅެއްގެ ވެރިއެކެވެ. ބޮލުގައިވާ ބުޅި އިސްތަށިގަނޑުން އޭނާގެ ރީތިކަން ގެނުވައެވެ. ފިރިހެން ވަންތަ ފިރިހެނެކެވެ. ޒާރާއަށް ރީތި ހުރިހާ ސިފައެއްގެ ވެރިއެކެވެ. އެޒުވާނާދެކެ ޒާރާއަށް ލޯބިވެވިއްޖެއެވެ. އުފަލުން ޒާރާގެ ހިތް ލަވަކިޔަންފެށިއެވެ. މިއިން ދުވަހަކުވެސް ޒާރާ މިހާ އުފާވީހެނެއް ހިއެއް ނުވެއެވެ. އުފަލުންގޮސް ރޮވިއްޖެއެވެ. އޭނާގެ ހާލަތު ދެކޭނެ މީހަކު ވާނެބާއޭ ހިތަށްއަރާފައެވެ. އޭނަ ފަދަ މަޖުބޫރީ ހާލަތުގައި ދުނިޔޭގެ ދުވަސްތައް ގުނަމުންދާ ކުއްޖަކަށް އެފަދަ ރީތި ޒުވާނަކު ހިތްދީފާނެބާއޭ ހިތަށް އަރާފައެވެ. އޭނަގެ ދޮންމަންމަގެ ހަރުކަށި އިންޒާރުތައް ކަންފަތުގައި ގުގުމަންފެށިއެވެ. މީހަކުދެކެ ކިތަންމެ ލޯބިވިޔަސް އެކަން ހާމަކުރުމަކީ މިއަދު ޒާރާގެ ޒަމީރު އެކަމަށް ތަންނުދޭނެ ކަމެކެވެ. އޭނާގެ ހިތި ހަޔާތް އެގޮތުގައި ނިމުން މާ ރަނގަޅުވާނެއޭ ހިތަށްއަރައެވެ. އެޒުވާނާ ޒާރާގެ ދޮންމަންމަ އެއްލާ ދަލުގައި ބެދޭކަށް ޒާރާ ބޭނުމެއް ނުވެއެވެ. އެހަނދާންތަކާ ދުރަށްދާން ޒާރާ ނިންމިއެވެ. ޒާރާގެ އުފަންރަށަކީ ހދ. ނޭކުރެންދޫއެވެ. ޒާރާ ވަރަށްކުޑައިރު އޭނާގެ ލޮބުވެތި މަންމަ ވަނީ މިދުނިޔެއާއި އަބަދުގެ އަބަދަށް އަލްވަދާއުކިޔާފައެވެ. މަންމަ ނިޔާވުމާގުޅިގެން ޒާރާއަށް މަންމައެއްގެ ލޯބި ހޯދައި ދިނުމަށްޓަކައި ބައްޕަ ދެވަނަ ކާވެންޏެއް ކުރިއެވެ. އެއީ ހދ. ކުޅުދުއްފުށީ އަންހެނެކެވެ. ޒާރާގެ އުމުރުން 3 އަހަރުން ފެށިގެން ދިރިއުޅެމުންދަނީ އޭނާގެ ދޮންމަންމަ ޝިމްލާގެ އުފަންރަށް ކަމުގައިވާ ހދ. ކުޅުދުއްފުށީގައެވެ. ޒާރާ މިއަދު އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ގަބުވެފައި އިނދެވެނީއެވެ.

އޮފީސް ނިންމާލުމަށްފަހު ވަރަށް ކަންނެތް ގޮތަކަށް މަޑު ހިނގުމެއްގައި ޒިލާލް ހިނގަމުން ދިޔައެވެ. ގެއާ އަރައި ހަމަވިތަނާ ކުރިމަތީގައި ހުރި ގެއިން މަންމާ..........އޭ ކިޔާ އަންހެން ކުއްޖަކު ރޯގަތް އަޑަށް ޒިލާލް ސިހުނެވ.ެ އަދި މަގުގެ ދެކޮޅު ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މިގަޑީގެ ގޮތުން ކަންނޭގެއެވެ. އެ އަޑު އައީ ޒާރާ އުޅޭ ގެއިންނެވެ. އަންހެން ކުއްޖަކު ވަރަށް އާދޭހާއެކު އޭނާއަށް އަނިޔާ ނުކުރުމަށް އެދި ރޮއެ އާދޭސް ކުރަނީއެވެ. ހަމަ އެއާއެކު އަންހެނެއްގެ ހަރުކަށި ލަފްޒުތައް ފަތިފަށްޗަށް އަމުނާލިއެވެ. އެއީ ޒިލާލަށް އާ އަޑެއް ނޫނެވެ. ޒާރާ ކަލޭ ހީކުރީތަ ގޭތެރޭގަ ދެއަތް އުރާލައިގެން ތިހެން އިނދެވޭނެކަމަށް. މިއަދު ކަލެއަށް ކުރެވުނު ކަމެއް ބުނެބަލަ! މަގުމަތި ކުނިކަހަން ނިކުމީތީ އެކަމެއް ނުވި. ދެންކުރަންހުރި އެއްވެސް ކަމެއް ނުވި. ކަލެއަށް ކިހިނެއް ވެގެން އުޅޭ ދުވަހެއްތަ މިއީ. ބުނެބަލަ !ބުނެބަލަ! ޒާރާ އަޑުން އަޑުނަގައި ރޮނީއެވެ. ޒިލާލަށް އެ ރޮނީ ޒާރާކަން އެ އަންހެނާގެ ޖުމުލަ ތަކުން އެނގިއްޖެއެވެ. އެ މައުސޫމް އަންހެން ކުއްޖާގެ ކުށަކީ ކޮބާ ބާވައޭ ޒިލާލުގެ ހިތަށް އެރިއެވެ. ޒިލާލް ގެ ހިތުގައި ޒާރާއަށް ހާއްސަ މަގާމެއް ދެވިފައިވާތީ އޭނަގެ ރުއިމުގެ އަޑު އިވުމުން ވަރަށް ދެރަވިއެވެ. އޭނާގެ ހިތުގައި ޒާރާއަށްވީ ލޯބި އިތުރުވެގެން ދިޔައެވެ.

މިއަދަކީ އޮފީސް ބަންދު ދުވަހެއް ކަމުން ޒިލާލް ގަސްތުކުރީ ކޮންމެވެސް ގޮތަކުން ޒާރާއާއި ބައްދަލްކުރެވޭތޯއެވެ. ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ޒިލާލް އޭނާގެ އޮފީހުން ލިބުނު ރަހުމަތްތެރިޔާ ޝާނަށް ގުޅާލިއެވެ.

"ހަލޯވް! އަދިވެސް މޯރނިންގް ނުވަނީ ދޯ!" ޒިލާލް ވާހަކަ ދެއްކިއެވެ.

"ހޫމްމް... މި ޒިލާ އާ ހެދި ނިދޭކަށްވެސް ނޯންނާނެ!" ނިދިއަޑަކުން ޝާން ވާހަކަ ދެއްކިއެވެ.

އަހަރެން މިއުޅެނީ ވަރަށް ފޫހިވާތި ހިނގާބަލަ މަޖާކަމެއް ރާވަން! ޕްލީޒް." ޒިލާލު ބުނެލިއެވެ.

"އަހަރެން އެބަދަން ޒިލާމެން ގެއަށް އޯކޭ އެއްނު ދޯ! ދެމީހުން މިއަދު ގައްޑާ ކަމެއް ކުރަންވާނެ އެނގޭ! އޭ ދެން ކެނޑިއްޔޭ." ވިސްނާލަން އޮވެފައި ޝާން ބުނެލިއެވެ.

އޯކޭ އޭ ކިޔާ ޒިލާލްވެސް ފޯން ބޭއްވިއެވެ. ޝާންގެ އިންތިޒާރުގައި ޒިލާލް އިންތަށް ސަކިންތައަށް ފެނުނެވެ. ޒިލާލްގެ ކޮނޑުގައި ސަކިންތަގެ އަތް އަޅާލިތަނާ ޒިލާލް ސިހުނެވެ. އެކޮއެ ދައްތަ އޭ.. ކިހިނެއްވެފަ ތި އިނީ !

"ކަމެއް ނުވޭ! ރައްޓެއްސަކު އަންނަންދެން އިނީ.." ޒިލާލް ޖަވާބު ދިނެވެ.

މިއަދު ސައިވެސް ނުބޮނީތަ!

އާނ ސައިބޯހިތެއް ނުވޭ..! ސަކިންތަ އެއްޗެކޭ ހިތަށް ނާރާތި މިއަދު ހަމަ އެއްގޮތަކަށްވެސް ސައިބޯ ހިތެއް ނުވޭ! މަޑު މައިތިރި ކަމާއެކު ޒިލާލު ވާހަކަ ދައްކަމުން ދިޔައީ ސަކިންތައާއެވެ.

އައްސަލާމް އަލައިކުމް! މީހަކު ގޮވާލި އަޑަށް ސަލާން ބަލައި ގަތުމަށްފަހު ސަކިންތަ ދިޔައީ އެއީ ކާކުތޯ ބަލާ ލުމަށެވެ.

ކީއްކުރާ ކުއްޖެ! ސަކިންތަ ސުވާލުކުރިއެވެ.

ޒިލާލް ހޯދަން.

އެހެންތަ މަޑުކޮށްލާ އެބަ އަންނަން ޒިލާލް ކައިރީ ބުނެފައި.

އެކޮއެ ޒިލާލް. އެކޮއެ ހޯދަން!

ސަކިންތާ މިއަދު އަހަރެން ކުޑަކޮށް ލަސްވެދާނެ. ޒިލާލް ވާހަކަ ދެއްކީ ސަކިންތައާއެވެ.

އާނ!! ރަށުތެރޭ ކުރާ އެއްވެސް ގޯސް ކަމެއްގަ އެކޮއެ ބައިވެރި ނުވާތި. އެކޮއެއަށް ކަމެއްވެއްޖާ ދައްތަމެން ވަރަށް ދެރަވާނެ. މަންމައެއް ފަދައިން ސަކިންތަ ޒިލާލަށް ނަސޭހަތްދިނެވެ.

ޝާންއާ ދެމީހުން ރޭވީ މިއަދު ރަށުތެރެ ބަލާލުމަށެވެ. ރަށުގެ އުތުރުކޮޅުން ބޮޑުމަގުގެ ގޮނޑުދޮށަށް ނިކުމެ ދެމީހުން ދޮންވެލިގަނޑުގައި އިށީދެ ހަމަޖެހިލިއެވެ.

ޒިލާލް ދަނޑިވަޅު ބަލާފަ އޭނާގެ ހިތުގެ އުދާސްތައް ޝާނަށް ކިޔާދޭން ފެށިއެވެ. ޝާން އަހަންނަށް ކުއްޖަކު ދެކެ ލޯބި ވެވުނިއްޔޯ ދެން ކިހިނެއް ހަދާނީ؟

ޝާން ކައިރިއަށް އައީ ހިންޏެވެ. ސީދާ ބަހުން ބުނެބަލަ ! ލޯބި ވެވުނިއްޔޯ! މަށަށް ހީވެއްޖެޔޭ ޒިލާއަށް ބަދަލެއް އައިހެން ހުމްހުމް......... މިއީ ދޯ މިވާ ގޮތަކީ! ބުނެބަލަ ކާކުދެކެތަ ލޯބި ވެވުނީ އޭރުން ނޭނުން އެނގޭނީ ހެލްޕެއް ވާންވެސް.

ޝާންގެ ވާހަކަ ކުރިއަށް ގެންދިއަ ގޮތުން ޒިލާލް ހައިރާންވިއެވެ. އަހަންނަށް ބަދަލެއްއައިކަން ކިހިނެއް ޝާނަށް އެގުނީ؟ ޒިލާލް ސުވާލުކިއެވެ.

ސާބަހޭ ޒިލާމެން އަދި އާވާނެ ޝާން ދިމާކޮށްލިއެވެ. ދެން ބުނެބަލަ ކާކުދެކެތަ ލޯބި ވެވުނީ؟

ޒާރާ....! ޒިލާލްގެ އެ ޖުމްލައިން އެއްވެސް އެއްޗެއް ބުނަން ނޭންގިފަ ޝާންއަށް އިދެވުނީއެވެ.
ކިހިނެއްވީ؟ ވާހަކަދެއްކީ ޒިލާލްއެވެ. ކަމެއް ނުވޭ ވަރަށް ސަޅި ކުއްޖެ އެއީ. ވަރަށް ރަގަޅުވާނެ. ވަރަށް ކިޔަމަންތެރިވާނެ.

އެކަމަކު!

ކޮން އެކަމަކުއެއްތަ؟ ޒިލާލަކަށް ނީދެވުނެވެ.

ޒިލާލް ހަމަޖެހުމަށް ޝާން އެދުނެވެ. ޒިލާ ޝާން ބުނާނެ ވާހަކައެއް ނެތް އެކުއްޖާ މަތިން ހަނދާން ނައްތާލަ!

އަނެއްކާވެސް ޒިލާލަށް ތެޅިގަނެވުނެވެ. ނޫން ތިކަމެއް ނުވާނެ އަހަރެން ޒާރާ ދެކެ ވަރަށް ލޯބިވެޔޭ. ޒިލާލް ނާއުންމީދުން ފުރިފައިވާ ރާގަކަށް ވާހަކަ ދެއްކިއެވެ.

ޝާންވެސް ހިތުގައި ޖެހުނެވެ. ކޮންމެ ގޮތެއްވިޔަށް އަހަރެންވެސް ބޭނުން އަހަރެންގެ އެކުވެރިޔާއަށް އޭނާގެ ލޯބި ލިބެން. އުންމީދުން ފުރިގެންވާގޮތަކަށް ޝާން މުހާތަބު ކުރީ ޒިލާއަށެވެ.

އަނެއްކާވެސް ޝާންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެއީ މިރަށު ކުއްޖެއް ނޫން އެއީ މިތާ ކައިރީ އޮންނަ ނޭކުރެންދޫ ކުއްޖެ.

ޒިލާލް ހައިރާންވިއެވެ. ބޭ އިހްތިޔާރުގައި ބުނެލެވުނެވެ. އޭނަ ކީއްކުރަނީ މިރަށުގަ. ކިހިނެއް ތި ހުރިހާ މަޢުލޫމާތެއް ޝާނަށް އެނގުނީ.

އަނެއްކާވެސް ޝާންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އެއީ ކިޔަވަން އުޅުނު ދުވަސްވަރު އަހަރެންގެ ގާލް ފްރެންޑުގެ ކްލާސް މޭޓެއް. އޭނަ އަހަންނަށް ވަރަށް ދެރަވެފަ އެއްރެއަކު ޒާރާގެ ވާހަކަ ކިޔާދިނީ.

ޝާން އިން ތަނުން ތެދުވެލިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު މައުލޫ ބަދަލްކޮށްލެވޭތޯ ބެލިއެވެ.

ޒިލާ ހިނގާ ގެއަށް ދާން ވަރަށް ލަސްވެއްޖެ ދޯ! އެ ހިސާބުން އެވާހަކަ ނިންމާލީތަ! ޝާންގެ ރޭވުން ޒިލާއަށް އެނގުނުކަހަލައެވެ.

ޝާނަކަށް ޒިލާ ދެރަކުރާކަށް ނުކެރުނެވެ. ޒިލާގެ މޫޑް ބަދަލުކޮށްލާނެ މޮޅުގޮތެއް ޝާން ރާވާލިއެވެ. ޒިލާ ބޭނުންތަ ޒާރާއާ ގުޅޭނެ ނަންބަރެއް؟

އާނ އާނ ވަރަށް ބޭނުން ޕްލީޒް ހޯދާ ދީބަލަ! ކެތްމަދުވެފައިވާ ޒިލާލް ވާހަކަ ދެއްކިއެވެ. އިތުރު ސުވާލެއް ނެތި ޝާންގެ ފޯނު ނެގުމަށްފަހު ޒާރާގެ ނަންބަރު ޒިލާއަށް ދިނެވެ. ޒިލާ އުފަލުން ފޮޅުނެވެ. ދެން ޒިލާ ކުރިއަށްދޭ... ކަމެއް ދިމާވެއްޖާ އަހަރެން ކައިރީ ބުނޭ ! ތޭންކްސް ޒިލާއަށް ޝާންގެ ގައިގައި ބައްދާލެވުނެވެ. ޒިލާލް ގެއަށް ދިޔައީ އުންމީދުން ފުރިގެން ހުރެއެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އާ ދުވަހަކަށް އިންތިޒާރުކުރުވަމުން އޮއްސިއްޖެއެވެ. ދުނިޔެ މަޗަށްވެރިވެ ގަނެފައިވާ އިރުގެ ހޫނު މަޑުމަޑުން ކެނޑި ފިނިކަމަށް ބަދަލްވަމުން ދިޔައެވެ. ދޮންމަންގެ ވަކިތަކުގެ ދަށުވެފައިވާ ޒާރާ އޮތީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އޮށޯވެލައިގެން ފުން ހިޔާލެއްގެ ތެރޭގައެވެ. އޭނާގެ ލޮބުވެތި މަންމަ މިދުނިޔޭގައި ހުރިނަމަ އޭނާ އުޅޭނެ އުފާވެރިކަން ތަސައްވަރު ކޮށްލަނީއެވެ. އެހެނަސް އެ މައުސޫމު އަންހެންކުއްޖާއަށް އެނަސީބުވަނީ ނުލިބިފައެވެ. އޭނާއަށް ކުރެވޭނެހާވެސް ކަމަކީ އެ އިންސާނިއްޔަތު ކަމެއް ނެތް ދޮންމަންމަގެ ލާ އިންސާނީ އަމަލުތަކުން އޭނާއަށް ލިބެމުންދާ ވޭންތައް ބަރުދާސްތުކުރުމެވެ. އެކަންކަމަށް ކެތްތެރިވުމެވެ. ﷲ އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރުނުކުރައްވާނެކަން ޒާރާގެ ހިތުގެ އަޑިން ގަބޫލުކުރެއެވެ. މިއީ ޒާރާގެ ތަގުދީރެވެ. މިކަމަށް އަތްގަދަ ކުރެވޭނެ އެއްވެސް އިންސާނަކު މިދުނިޔެއަކު ނުވެއެވެ. އޭނާގެ އަމިއްލަ ހާލާމެދު ވިސްނާލާ ކޮންމެ ފަހަރަކު ފެންކަޅިވެ ރޮވެއެވެ. ފަހެ އޭނާގެ ކުށަކީ ކޮބައިބާވައޭ ހިތާހިތުން ސުވާލުނުކުރެވެންވީ ސަބަބެއް ނެތެވެ.

ޒާރާ...... ! އޭނާ ހިޔާލީ ދުނިޔޭގެ ތެރެއިން ހޭލައްވާލީ ދޮންމަންމައެވެ. ދޮންމަންމަ ހުރީ ރުންކުރުވެފައެވެ. ރުޅިއައިސްފައެވެ.

ކީކޭ މަންމާ... ފެވިފައިވާ އަޑަކުން ޒާރާ ދޮންމަންމައާ މުހާތަބުކުރިއެވެ.

ކީކޭ ހެއްޔޭ...! ދޮންމަންމަގެ ދެވަނަ ޖުމްލައާއެކު ޒާރާގެ ކަންފަތްމައްޗަށް ދޮންމަންމަގެ އަތްތިލައިން ބާރުގަދަ އެޔތިފަހަރެއް އަރުވާލިއެވެ..

މަންމާއޭ ކިޔާ ޒާރާ ރޮއެގަތެވެ. މިއަޑު ސިޓިންރޫމުގައި ޓީވީބަލަން އިން ޒާރާގެ ބައްޕައަށް އަޑުއިވުމުން ގޯތިތެރެއަށް ނިކުތެވެ. އޭރު ބިންމައްޗަށް ވެއްޓި އޮވެ ޒާރާ ރޮނީއެވެ. ފާއިޒަކަށް ނުހުރެވުނެވެ. ޝިމްލާ..... ! ..... އޭނާއަށް އެހާ އަނިޔާ ނުކޮށްބަލަ ...! .....އޭނާ ޝިމްލާއަށް ނުކޮށްދެނީ ކޮންކަމެއްތަ! ފާއިޒުގެ ހިތުގައި ދަރިއަކަށްޓަކައި އުފެދިފައިވާ ލޯބި އުތުރިގެން އަރަންފެށިއެވެ. ޒާރާ އެއީ ފާއިޒުގެ އަލަތު ކާވެނީގެ ނިޝާނެވެ. ޝިމްލާގެ ނުފޫޒުން ފާއިޒު ޒާރާއަށް އަޅާލިއަކަ ނުދެއެވެ. ފާއިޒުވެސް ހުންނަނީ ޝިމްލާ ދަށުކޮށްލާފައެވެ. ދޮންމަންމަޔާ ބައްޕަ ޒާރާގެ ސަބަބުން އަރާރުންވާކަށް ޒާރާ ބޭނުމެއް ނުވިއެވެ.

ބައްޕާ... މަންމަ އަޅުގަނޑަށް އަނިޔާކުރަނީ އަޅުގަނޑުގެ ވައްތަރުންނެވެ. މަންމަ އަށް ކިހާ ބުރަވާނެ އަޅުގަނޑު ގޭތެރޭގެ އެއްވެސް މަސައްކަތެއް ނުކޮށް ރީޗަށް އޮތީމަ. ޒާރާ އޭނާގެ ނަފްސު ކުއްވެރިކޮށް އެވަގުތު ރޯވި އަލިފާންގަނޑު ނިއްވާލިއެވެ. ދޮންމަންމަޔާ ބައްޕަ ކުދި ކިޔަމުން އެތެރެއަށް ވަނެވެ. ޒާރާވެސް ގައިން ވެލި ފޮޅާލުމަށްފަހު އޭނާ ކުރަން ޖެހޭ މަސައްކަތްތަކާ ދިމާލަށް ދިޔައެވެ.

ރޭގަނޑުގެ ނާސްތާއަށް ފަހު އާދިލްބެ ޒިލާލްއާ ވާހަކައެއް ދައްކާލަން ބޭނުން ވާ ވާހަކަ ވަނީ ބުނެފައެވެ. އެހެން ކަމުން ކައި ނިންމުމަށްފަހު ގޯތި ތެރޭގައި ހުރި އުނދޯލީގައި ޒިލާލް މަޑުކޮށްލިއެވެ. އާދިލްބެ އައިސް ޒިލާލްގެ ކައިރީގައި އިށީދެލިއެވެ. އަދި ކޮނޑުގައި އަތް އަޅާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

އެކޮއެ ޒިލާލް..... ބޭބެއަށް ހީވަނީ ދެން އެކޮއެ ޒަވާޖީ ހަޔާތެއް ފައްޓަން ވީހެން. ތިހެން ހުރެ އުމުރު ހުސްކޮށްލާކަށް ނުވާނެ...

ޒިލާލް ގަތީ ލަދެވެ. ލަދުވެތި ގޮތަކަށް އާނ ! ބޭބޭ ތިކަމާ އަހަރެން ވިސްނާނަން. އަހަންނަކީވެސް މިހާރު ތަސައްރަފު ފުދިފައިވާ ބޮޑު ފިރިހެނެއް. އާދިލްބޭގެ ނަސޭހަތް ގަބޫލުކުރުމުގެ ގޮތުން ޒިލާލް ބުނެލިއެވެ.

އެއީ ބޭބެ ދައްކާލަން ބެނުންވި ވާހަކަޔަކީ ... ދެން އެންމެ ރަގަޅު ...

މިހެން އާދިލްބޭ ބުނުމުން ޒިލާލް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ހިތުގައި ރަނިކަންކުރަމުންދާ ޒާރާގެ މަތިން އާދިލްބޭގެ އެވާހަކަތަކުން މާބޮޑަށް ހަނދާންވިއެވެ. އެ ލޯބި ޒިލާލް އަށް ލިބޭނެ ނަމައޭ ހިތައްއެރިއެވެ. ކުއްލިއަކަށް ހަނދާންވީ ޝާން ދިން ޒާރާ އާ ގުޅޭނެ ނަންބަރުގެ މަތިންނެވެ. އެނދުމަތީގައި ހަމަޖެހިލިއެވެ. ފޯނުނެގުމަށްފަހު އެނަންބަރަށް ޒިލާލް ގުޅަންފެށިއެވެ. ފޯނެއް ނުނެގިއެވެ. ޒިލާލް މާޔޫސްވެއްޖެއެވެ. މިލާ މޯޅިވެއްޖެއެވެ. އެނާގެ ހިތުގައި ވަހުމުތައް އެނބުރެން ފެށިއެވެ. އަނެއްކާ އެއީ.... މީހެއްގެ ބިޓެއްބާ...ނޫނީ މީހެއްގެ އަނތްބެއްބާ..... ޒިލާލްގެ ހިތާ ހިތުން ކިޔާލިއެވެ. އަނެއްކާވެސް ގުޅަން ފެށިއެވެ.

ޒާރާއަށް ކޮޓަރިއަށް ވަދެވުނު އިރު ފޯނު ރިންގުވަނީއެވެ.ކަނެތްގޮތަކަށް ގޮސް ފޯނުނެގިއެވެ. ނޭންގޭ ނަންބަރަކުން ގުޅާތީ ބިޒީ ކޮށްލިއެވެ. އެއީ ކާކުގެ ނަންބަރ އެއްތޯ ބަލާލުމަށް ދިރާގު ޑައިރެކްޓްރީއަށް ޒާރާ އެ ނަންބަރ މެސެޖުކޮށްލުމުން ޖަވާބުގައި ލިބުނީ އަހުމަދު ޒިލާލް  ފަތިސް ހދ ހަނިމާދޫ. އެވެ. ޒާރާ ހައިރާންވިއެވެ. އަނެއްކާ އެމީހަކު އެގުޅަނީ އޮޅިގެން ނޫންބާވައޭ ޒާރާ ހިތަށް އެރިއެވެ. އަނެއްކާވެސް ފޯން ރިންގުވާން ފެށިއެވެ. ޒާރާ ހަމަޖެހިލުމަށްފަހު ފޯން ނެގިއެވެ.

ވާހަކަ ދެއްކީ އެކޮޅުންނެވެ. ޒާރާތަ؟ .....

ވާހަކަ ދެއްކީ ފިރިހެނެކެވެ. ވަރަށް ރީތި އަޑެއްގެ ވެރިއެކެ. ޒާރާ ހައިރާން ކަމާއެކު ވާހަކަ ދެއްކިއެވެ.

އާނ...! މިއީ ޒާރާ... ތިއީ ކޮން ބޭފުޅެއްތޯ؟ ކީއްކުރަންވަންތޯ އަޅުގަނޑުގެ ފޯނަށް ތިގުޅުއްވަނީ ؟ ކިހިނެއްތޯ އަޅުގަނޑުގެ ނަން އެނގިލެއްވީ؟ ފައްޗަކަށް ޒާރާ ސުވާލުތައް އަމުނާލިއެވެ.

ޖަވާބުގައި ޒިލާލަށް ބުނާނެ އެއްޗެއް ނޭންގިފައި އިނދެވުނީއެވެ.

ހަލޯވް.... ކީއްވެތަ ސުވާލުތަކަށް ޖަވާބު ނުދެވެނީ އަނެއްކާވެސް ވާހަކަ ދެއްކީ ޒާރާއެވެ.

ސިހިފައި ކަހަލަ ގޮތަކަށް ޒިލާލަށް ބުނެވުނެވެ. މިއީ ޒިލާލް ... ނޭންގުނުތަ؟ ޒިލާލް ޒާރާއަށް ކުރިމަތި ކުރުވީ ސުވާލެކެވެ.

އާނ... ނޭންގިގެއްނު މި އަހަނީ ...! ހައިރާންކަމާއެކު ޒާރާ ވާހަކަ ދެއްކިއެވެ.

އަހަރެން އުޅެނީ ޒާރާ އުޅޭގޭގެ ކުރިމަތީގަ ހުންނަ ގޭގަ...އެއްކަލަ ދުވަހު ކުނިކަހަން އޮވެފަ އަހަންނާ ދިމާލަށް ބަލާލީމެއްނު...

ދުރުދުރުން އެއީ ކާކުކަން ޒާރާއަށް އަންގައި ދިނުމަށް ޒިލާލް މަސައްކަތް ކުރިއެވެ. ޒާރާގެ މެއަށް ހީވީ މީހަކު ބާރަށް އޮއްބާލިހެންނެވެ. ފިނިވެއްޖެއެވެ. އިތުރަށް އެންމެ ލަފްޒެއްވެސް އޭނާގެ ދުލުން ބޭރުކޮށްލާނެހާ ހިތްވަރު ނެތިއްޖެއެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިން ޒާރާގެ ހިތުގައި އެޒުވާނާނެއްގެ ތަސްވީރު ބިންވަޅު ނެގިފައިވާ ޒުވާނައެވެ. ޒާރާގެ ހިލަމެއް ނުވުމުން އަނެއްކާވެސް ޒިލާލްގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

ވަރަށް ބޮޑު ވާހަކައެއް ބުނަން ޒާރާއާ މިގުޅާލީ ...

ސިހިފައި ޒާރާއަށް އަހާލެވުނެވެ.އެއީ އަނެއްކާ ކޮން ވާހަކައެއްތަ؟...

ފުރަތަމަ ކަމަކަށް ޝަރުތުވޭ..

އޯކޭ.... ބޭނުން ޝަރުތެއް ކުރަންވީ ހަމަޖެހޭގޮތް ދައްކަމުން ޒާރާ ވާހަކަ ދެއްކިއެވެ.

ބުނޭ ޒިލާ ދެކެ ރުޅިއެއް ނާންނާނަމޭ ޒިލާއަށް ބުނެވޭ އެއްޗަކުން.

ޖަވާބުގައި  ޒާރާ ބުނީ އޯކޭއެވެ.

ޒާރާގެ ބޯއީ ފުރެންޑެއް ހުރޭތަ؟

ނޫން ނުހުރޭ ލަދުވެތި ރާގަކަށް ޒާރާ ވާހަކަ ދެއްކިއެވެ.

ޒިލާލް ބުނަން އެ އުޅޭ އެއްޗެއް ޒާރާއަށް މިހާރު ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ. އެހެން ކަމުން ޒިލާލްގެ ވާހަކަ އިތުރަށް ކުރިއަށް ގެންދިޔަ ނުދިނުމަށްޓަކައި ޒާރާ މޮޅު ގޮތެއް ރާވާލިއެވެ.

ޒިލާއަށް ޒާރާގެ ހަގީގަތް އެނގޭތަ ތިގުޅަނީ؟

ހަމަ އެކަނި އެނގެނީ ނަމާ އުފަން ރަށާ ދެން ނޭންގެ އެކަޗެއްވެސް.. ޖަވާބުގައި ޒިލާލް ބުންޏެވެ.

ޒާރާއަށް ވަހަކަ ދައްކާނެ ފުރުސަތު ނުދީ ފައްޗަކަށް ޒާރާއާ ބެހޭ މައުލޫމާތު ލިބުނު ގޮތްތައް އަމުނާލިއެވެ. ޒިލާލްގެ ކެތްތެރިކަން ކޮޅުން ލިއެވެ. އޭނާގެ އަޑުގައި ތުރުތުރު ލުމެއް އެކުލެވިގެން ވެއެވެ. ފެވިފައިވާ އަޑަކުން ކެނޑި ކެނޑިގެން ކަހަލަ ގޮތަކަށް ޒިލާލްގެ ހިތުގައިވާ އުދާސްތައް ޒާރާގެ ކުރިމަށްޗަށް ބަންޑުން ޖެހިއެވެ. ޒާރާ ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުންޏެއްވެ. ބުނާނެ އެއްޗެއް ނޭންގިފައި ޒާރާއަށް ހުރެވުނީ ގަނޑުވެފައެވެ. މަޑުމަޑުން އެނދުގައި އިށީދެލެވުނެވެ. ބަދަލުގައި ޒާރާ އެއްވެސް އެއްޗެއް ނުބުނުމުން ޒިލާލަށް ރޮވޭގޮތްވެއްޖެއެވެ. ޒާރާވެސް ހިތުގަ ޖެހުނެވެ. ޒިލާއަށް ހިތްވަރުދެވޭތޯ މަސައްކަތް ކުރިއެވެ.

ޒިލާ އަދި ރޯކަށް ނުވެއެއްނު...އެ އަޑު ޖެހުމާއެކު ޒިލާލްގެ ހިތް އުންމީދުން ފުރުނެވެ. ހުއްޓާލަ ...! ޒާރާގެ އޯގާތެރި ބަސްތަކަށް ޒިލާލް ކިޔަމަންތެރިވިއެވެ. ޒާރާވެސް އިތުރަށް ޒިލާލް ދެރަކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ހާލަތު އެއްނޭވާއިން ޒިލާއަށް ކިޔާދީ ނިންމާލިއެވެ. ދެމީހުންވެން ތިބީ ފެންކަޅިވެފައެވެ. ޒާރާގެ އެހާލަތަށް ޒިލާ ހަމްދަރުދީވިއެވެ.

ޒާރާ ދެރަނުވޭ! އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ޒިލާ ހުއްޓަ ޒާރާއަކަށް ދެރަގޮތެއް ނުވާނެ. ޒިލާލްގެ ދުލުން ބޭރުވީ ޒާރާ ބޭނުންވި ޖުމްލަތަކެއް ނޫނެވެ. އޭނާ ބޭނުންވީ އޭނާގެ ހަގީގަތް އެނގުމުން ޒީލާލް އޭނާގެ މަތިން ފޫހިކުރުވާށެވެ. ނަމަވެސް އެ ހިތުގައި ޒާރާއަށްޓަކައިވަނީ ހަގީގީ ތެދުވެރި ލޯބިކަން ޒާރާއަށް އެނގުނެވެ. އޭނާއަށް ރޮވެން ފެށުނެވެ. ޒިލާ...! ވާހަކަ ދެއްކީ ޒާރާއާވެ.

އަހަރެންވެސް ޒިލާލް ދެކެ ވަރަށް ލޯބިވޭ...ޒާރާގެ އެ ޖުމްލައިން ޒިލާލްގެ ހިތް އުފަލުން ފޮޅުނެވެ. ..... ޒިލާ ޒާރާގެ މޫޑް ބަދަލުކޮށްލިއެވެ.

އެރެއަށްފަހު ޒިލާލް އާ ޒާރާގެ ނަންވެސް ލޯބިވެރިންގެ ލިސްޓުގައި ވަނީ ހިމެނިފައެވެ. ދޮންމަންމައާ ސިއްރުން ޒިލާލް އާ ބައްދަލް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ފަސޭހަހާ ގޮތެއް ތަގުދީރުގައި ނުވާކަން ޒާރާއަށްވެސް އެނގެއެވެ. ކޮންމެވެސް ދުވަހަކުން ދޮންމަންމަގެ ހިލަ ހިތައް ނުކުޅަދާނަވެގެން ޒާރާއަށް މިނިވަންކަން ދޭނެކަންވެސް ޒާރާއަށް އެނގެއެވެ. ކުރިން ދޮންމަންމަ ދެކެ ޖެހިލުންވާ ޒާރާ މުޅިން ބަދަލުވެއްޖެއެވެ. ޒިލާލް އޭނައަށް ދިރިއުޅުމުގެ ކުރިމަގު ދައްކަދިނެވެ. ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ހައްގު ތަކެއް މިދުނިޔޭގައިވާ ކަން އޭނާއަށް އަންގައި ދިނެވެ. ދިރިއުޅުމުގެ ހަލަބޮލި ދަތުރުގައި ފަސޭހަ ކަންތަކާ ކުރިމަތިވާފަދައިން އުނދަގޫތަކެއްވެސް ވާކަން ވިސްނާދިނެވެ. މެންދުރުގެ ހޫނު ވަގުތެވެ. ޒިލާލް އޮފީހުގައި މަސައްކަތް ކުރަމުން ދިޔައީ ވަރުބަލި ކަމެއްނެތިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ހިތައް ލިބިފައިވާ އުފާވެރިކަން ހުރިހާ އެއްޗެއް ވަންހަނާ ކުރާ ކަހަލައެވެ. އޮފީސް ތެރެއަށް ވަދެގެން އައީ ޝާންއެވެ. އެއްލިކަޅިއަކުން ޒިލާލަށް ޝާން ފެނުމުން ރޭގަ އޭނައަށް ލިބުނު އުފާ ޝާންއާ ހިއްސާކޮށްލަން ބޭނުންވިއެވެ.

ޝާން.... ޝާން ހުއްޓުން އެރިއެވެ...ހޫމްހޫމް އެއްކަ ޒިލާ ދޯ! ކޮބާ ހަބަރެއްވިތަ؟ ދިމާކުރާ ރާގަށް ޝާން ޒިލާލަށް މުހާތަބުކުރިއެވެ.

އޭ ވަރަށް ސަޅި އެކަން އޯކޭ ވެއްޖެ.. އެހެންތަ މަރުހަބާ.. ސައިދޭންވާނެ.. ޝާންގެ ވާހަކަ ކުރިއަށް ގެންދަމުން ދެމީހުން އެކު އެކީގައި އޮފީހުގެ ކެންޓީނަށް ދިޔައެވެ.


މައްސަލަޔަކީ ޒާރާގެ ދޮންމަންމަ..

އަދި ރަނގަޅުވާނެ ޝާން ޒިލާލަށް ހިތްވަރުދިނެވެ. ޒާރާ އާ ޒިލާ ދެމީހުން އެކަކު އަނެކަކުދެކެ ތިހާ ލޯބިވަންޏާ ދޮންމަންމަ ކީއްކުރަން މަންމައަށްވެސް ތިގުޅުން ބްރޭކެއް ނުކުރެވޭނެ. ލޯތްބަކީ އެއަށްވުރެ މާ ބާރުގަދަ ގުޅުމެއް ޒިލާ... ޝާންގެ ކޮންމެ ޖުމްލައަކުންވެސް ޒިލާލްއަށް ލިބެނީ އިތުރު ހިތްވަރެކެވެ. އޭނަގެ ހިތުގެ ރާނީ އެޖަލުން ސަލާމަތް ކުރުމުގެ ވަރުގަދަ އަޒުމަކާއެކު ދެމީހުންގެ ވާހަކަ ކުރުކޮށްލުމަށްފަހު އެނބުރި މަސައްކަތައް ދިޔައެވެ.

ޒިލާލް އާ ޒާރާގެ ލޯބީގެ ކުޅިގަނޑުގެ ވާހަކަ މުޅިރަށައްވަނީ ފެތުރިފައެވެ. ޒިލާލްއާ ބެހޭ ގޮތުން އެކި މީހުން ޒާތްޒާތުގެ ވާހަކަ ދައްކައެވެ. ތެދެކެވެ. ޒިލާލްއަކީ ރަށުން ބޭރު ބީރައްޓެއްސެކެވެ. މިރަށުގައި ޒިލާލް ބޭނުންހާ ގޮތަކަށް ނޫޅެވޭނެކަން ޒިލާލް ދަންނަން ޖެހޭނެކަމަށް ބައެއް މީހުންގެ ވާހަކަތަކުން ބުނަމުން ދިޔައެވެ. މިއިން އެއްވެސް ކަމަކާ ޒިލާލް ޖެހިލުމެއް ނުވެއެވެ. ޒިލާލް ޖެހިލުންވަނީ އެންމެ ކަމަކާއެވެ. އެއީ މިހަބަރު ޒާރާގެ ދޮންމަންމައަށް ލިބުމުން އޭނާ ޒާރާއަށް ކޮށްފާނެ ކަމަކާމެދުއެވެ...... ޒާރާގެ ހަބަރު ބަލާލަން ޒިލާލް ޒާރާއަށް ގުޅިއެވެ. ދެތިން ފަހަރަކު ރިންގުވީފަހުން ޒާރާ ފޯން ނެގިއެވެ.

ހަލޯ.. ކިހިނެއްވީ މާ ހެނދުނަކާ ތިގުޅާލީ ..

ޒާރާ ސަލާމަތުން ހުރުމުން ޒިލާލް ވަރަށް އުފާވިއެވެ.ކަމެއްނުވޭ މިސްވާތީ ގުޅާލީ..

އެހެންތަ! އަހަރެންވެސް ވަރަށް މިސްވޭ! ޒާރާގެ މި ޖުމްލައާއެކު ބަދިގެ ދޮރުމައްޗަށް އެރީ އޭނާގެ ދޮންމަންމަ ޝިމްލާއެވެ.

ކަލޭ ކާކާތި ވާހަކަ ދައްކަނީ.. ޒި ޒިލާލް އާ ... އޭރުވެސް ވަރަށް ޝައުގުވެރިކަމާއެކު ޒިލާލް ޒާރާގެ ވާހަކަތައް އަޑުއަހަން އިނެވެ. އޭނާގެ ދޮންމަންމަގެ އަޑުވެސް ވަރަށް ރަނގަޅަށް އިވެއެވެ. ޒިލާލްއަށް ދަތްކުނޑި ވިކުނެވެ. އަނެއްކާ މިއަދު އެފަކީރައް ކޮށްލާނެ ވަރެއްވެސް ނޭންގެ ޒިލާލް ހިތާ ހިތުން ކިޔާލިއެވެ. މީހުން މިކިޔަނީ ތެދެއްދޯ! ދޮންމަންމަގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދިޔައެވެ. ޒާރާއަށް ރޮވެން ފެށިއެވެ. ފޯނު ކަނޑާލިއެވެ. ޒިލާލަށް ހަދާނެގޮތް ހުސްވެއްޖެއެވެ.

ހުރެބަލަ ނިކަން މިއަދު ތިބުނާ ޒިލާލެއްގެ ދުވަސް ދުއްވާލާނަން..

ނޫން...ނޫން...މަންމާ އޭނައަށް ކަމެއް ނުކުރާތި ހުރިހާ ކަމެއްކުރީ އަހަރެން އަހަންނަށް މަންމަ ބޭނުންގޮތެއް ހަދާ... ޒާރާގެ ދޮންމަންމަގެ ފައި ބުޑަށް ވެއްޓިއޮވެ އާދޭހާ އެކު ޒާރާ ރޮމުން ދިޔައެވެ.

އެންމެ ރަގަނޅު ކަލޭ އޭނައާ މީގެ ފަހުން ބައްދަލު ކޮށްގެން ނުވާނެ. އަހަރެން ކައިރީ ހުރެފަ އޭނާއާ ގުޅާފަ ބުނޭ ޒާރާ އޭނާދެކެ ލޯތްބެއް ނުވޭ.. އަދި އޭނާއާއެކު އުޅޭކަށްވެސް ބޭނުމެއް ނޫނޭ..

ނޫން ޒާރާ ފާޅުގަ ދެކޮޅުހެދިއެވެ. ތިނޫން ކަމެއް ބުނޭ..

އަހަރެން ބޭނުމެއްނޫން ޒިލާލްއަށް ދޮގުހަދާކަށް ޒިލާލްވެސް އަހަންނަކަށް ދޮގެއް ނުހަދާ... ރޮމުން ރޮމުން ޒާރާ ވާހަކަ ދެއްކިއެވެ.

ޒާރާގެ ކައިރިން މިއަދުވެސް ދޮންމަންމަ ޝިމްލާ ބަލިވީއެވެ. ކުރިއާ މިހާރާ ޒާރާ ވަރަށް ތަފާތެވެ. އެހެންކަމުން ދޮންމަންމަ ނިންމީ އެހެން ގޮތަކުން ޒާރާއާ ދިމާކޮށްލެވޭތޯއެވެ. ދޮންމަންމަގެ ރައްޓެހިން ލައްވާ ޒިލާލްއާ ދިމާކުރަނީއެވެ. ޒާރާއޭ ކިޔާގެން އެމީހުން ޒިލާލް ކައިރީ ތަފާތު ދޮގުވާހަކަތައް ދައްކައެވެ. ނަމަވެސް ޒިލާލް މިކަމަށްދެނީ ބީރު ކަންފަތެކެވެ. އޭނާ އެއަށްވުރެ މާބޮޑަށް ޒާރާއަށް އިތުބާރުކުރެއެވެ. ދޮންމަންމަ ކުރާ ކޮންމެ ކަމެއް ވަނީ ނާކަމިއާބީއެވެ. އެދެމެދުގައިވާ ލޯބި ފޫއަޅުވާލާނެ ހަތިޔާރެއް ދޮންމަންމައަހަށް ނުފެނުނެވެ. ކޮންމެ ކަމެއް ކުރިއަސް ޒާރާ އެކަމެއް ނުހުއްޓާނެކަން ދޮންމަންމައަށް އެނގުނެވެ. މީގެ ކުރިން ޒާރާއަށް ދޮންމަންމަ އަނިޔާކުރީ އޭނަގެ ކުށެއް އޮވެގެނެއް ނޫނެވެ. އެކަމަކުވެސް އޭނަ ޝަކުވާއެއް ނުކުރެއެވެ. ދޮންމަންމަގެ ހިތުގައި ޒާރާއަށްޓަކައި ހަމްދަރުދީ އުފެދިއްޖެއެވެ. އޭނާ އާ މެދު ކަންތައް ކުރެވުނު ގޮތާމެދު ދެރަވެއެވެ. މައާފަށް އެދެންވެސް ބޭނުމެވެ. އެކަމަކު ލަދުގަނެއެވެ. ދޮންމަންމައާ ޒާރާއާ ދެމެދުގައި އޮތް ހަމަ ނުޖެހުންތައް ހައްލުވީތީ ﷲ އަށް ޝުކުރުކުރިއެވެ. ދޮންމަންމައަށް ހެޔޮވިސްނުން ދެއްވީތީ އުފާކުރިއެވެ. ޒާރާ މިހަބަރު ޒިލާލްއަށް ދިނެވެ. ޒިލާލްވެސް އުފަލުން ފޮޅުނެވެ.

އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނޭ ބުނާ ބީދައިން ޒިލާލް އާ ޒާރާގެ ހަޔާތައްވެސް ހިތާމަވެރި ދުވަސްތަކަކަށްފަހު އުފާވެރިކަން އައެވެ. ފާޅުގައި ދެމީހުން ބައްދަލް ކުރަންފެށިއެވެ. ލޯބީގެ އެތައް މާތަކެއް ފޮޅުވަންފެށިއެވެ. އަނެއްކާވެސް ޒިލާލްގެ ހަޔާތައް ބޮޑު އިންގިލާބެއް އާ ކަހަލައެވެ. ބަހާރު މޫސުން ނިމި ހަރީފުގެ ހިކިކަން ފޯރިކަހަލައެވެ. ޒިލާލްގެ މަންމައަށް މި ހަބަރު ލިބުނެވެ. މަންމަ އެއްގޮތަކަށްވެސް ޒާރާ އާ ގުޅޭކަށް ގަބޫލެއްނުވިއެވެ.

މަންމާ.. ކޮބާތަ މައްސަލަޔަކީ... ޒިލާލް ވާހަކަ ދެއްކީ މަންމަޔާއެވެ.

މައްސަލަޔަކީ އެއީ ރަށުކުއްޖަކަށް ނުވާ މައްސަލަ ...

އެއީ މައްސަލައެއްތަ ދެން މަންމާ .. ޒިލާލް ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ. އޭނަ މަންމަޔާ ދެކޮޅަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ދެން މިވަގުތު ބާއްވަނީ މިހާރު އޮފިހަށްދާ ގަޑިޖެހެނީ..

ޒިލާލްގެ މަންމަ އަމީނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ދަރިފުޅާ މަންމަ މިބުނި ކަންތަކާ ވިސްނާފަ ޖަވާބެއް ދޭތި.. އާނ ފޫހި ރާގަކަށް އާއެކޭ ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

މަންމަގެ ވާހަކައިން އޮފީހަށްދާ ހިތެއްވެސް ނުވިއެވެ. މަންމަގެ އެވާހަކަ ޒިލާލް ޒާރާއަށް ސިއްރުކުރިއެވެ. މިހާރަކަށް އައިސް ހާދަ ފާޑަކަށް ... ޒިލާލްގެ މޭގައި ބޯ ޖައްސާލަމުން ޒާރާ ބުނެލިއެވެ. ކުޑަކޮށް މޫޑީވެފަ މާބޮޑު ކަމެއް ނުވެޔޭ. ދެން ކީއްވެ މިއަދު އޮފީހަށް ނުދިޔައީ.. ޒާރާ މަތިން މާ ހަނދާންވާތި...ޒިލާ މަޖާވެލިއެވެ. ޒާރާއަށް އޭނާގެ ހިތުގެ އުދާސްތައް ވަންހަނާ ކުރެއެވެ. ޒާރާ މިހާރު މާ ލަސްވެއްޖޭނުން ދެން ދޭ ގެއަށް ޒާރާގެ ބޮލުގައި ފިރުމާލަމުން ޒިލާލް ބުނެލިއެވެ. ޒާރާ ދިއުމުން ބޭ އިހުތިޔާރުގައި ޒިލާލަށް ރޮވުނެވެ. މަންމަގެ އެވާހަކަ ޒާރާއަށް އިވިއްޖެއާ އޭނާ ވާނެ ދެރަ ހިތަށް އަރާފައެވެ.

ދުވަސްތައް ހަފްތާތަކަށް ހަފްތާތަށް މަސްތަކަށް މަސްތައް އަހަރު ތަކަށް ބަދަލުވަމުންގޮސް ޒިލާއާ ޒާރާގެ ގުޅުމަށްވެސް އަހަރު ވެއްޖެއެވެ. ދެމީހުން އެކަކު އަނެކަކާ ދުރުގަ އުޅުމަކީ އުނދަގޫ ކަމަކަށް ވެއްޖެއެވެ. ޒިލާލް ބޭނުންވީ ކައިވެންޏާ ހަމައަށް ދާށެވެ. އެކަމަކު މަންމަ އެކަމާ ފާޅުގަ ދެކޮޅުހަދައެވެ. ކުޑައިރުންސުރެ މިއަދާ ޖެހެންދެން ބަލާ ބޮޑުކުރި މަންމަގެ މޫނުމަތީގައި ކޮޅުފައިން ޖަހާކަށް ޒިލާލަކަށް ނުކެރުނެވެ. ވަރަށް ހިތްވަރުކޮށްފައި ޒިލާލް ހުރިހާ ވާހަކައެއް ޒާރާ ގާތު ކިޔާ ދިނެވެ. ޒާރާ ޒިލާލްގެ މަންމައަށް ރަނގަޅަށް ކަންތައް ކޮށްދިނުމަށް ނަސޭހަތްތެރިވިއެވެ. އަހަރެން ކެތްކުރާނަން. ރޮމުން ރޮމުން ޒާރާ ބުނަމުން ދިޔައެވެ.

ޒާރާ އެކަނިތަ ރޯންވީ ޒިލާލަކަށް ނުހުރެވުނެވެ. ޒިލާލުގެ މެއާލައި ޒާރާ ބޮނޑިކޮށްލިއެވެ. ޒިލާއަކަށް ނޫޅެވޭނެ ޒާރާ އާ ދުރަކު ޒިލާލުވެސް ގިސްލެވެމުން ކަހަލަ ގޮތަކަށް އޭނާގެ ހިތުގެ ހާލަތު ބަޔާންކުރަމުން ދިޔައެވެ. ޒާރާ ބޭނުންވީ ޒިލާލްގެ މަންމަގެ އެދުން ފުރިހަމަ ކޮށްދިނުމަށެވެ. ޒިލާލްއަށްޓަކި ޒާރާގެ ލޯބި ގުރުބާން ކުރުމަށެވެ. އެރެއަށްފަހު އެދެމީހުންގެ ގުޅުމަށް ނިމުމެއް ގެނުވިއެވެ. ހިތާ ދެކޮޅަށެވެ. ޒިލާލް ވަޒީފާއިން ވަކިވުމަށް ނިންމުމުން މަންމަ ވަރަށް ދެރަވިއެވެ.

ދަރިފުޅާ.. ކުއްލިއަކަށް ކީއްވެ ވަޒީފާ ދޫކޮށްލާ ހިޔާލު އައީ.. ޒިލާލް ހިމޭނުން ހުއްޓެވެ. ޒިލާލްއަށް ވަރައް ބޮޑެތި ބަދަލުތަކެއް އައިސިކަން އަމީނާއަށް އެނގުނު ކަހަލައެވެ. ޒިލާލަށް ރޮވެން ފެށިއެވެ.

ދަރިފުޅާ ރޮނީތަ؟ ވާހަކަ ދެއްކީ އަމީނާއެވެ.

މަންމާ އަހަރެން ބޭނުމީ ޒާރާ.... ކުޑަކުއްޖެއްފަދައިން ޒިލާލް ރޮއެ ގަތެވެ. ޒާރާއާ ވަކިން މިވީ ހަފްތާއެއްހާ ދުވަސް ތެރޭ ޒިލާލްގެ ހަށިގަނޑުވަނީ އަނަރޫފަވެފައެވެ. ދެލޯވަނީ ވަޅުވަދެފައެވެ. އޮފީހުން އައިސް ކޮޓަރި ތަޅުލައިގެން ރުއިން ނޫން ކަމެއް ނުކުރެއެވެ.


ޒިލާލުގެ އަތުގައި އޮތް ފޯނު އަތުލުމަށްފަހު ވަހަކަ ދެއްކީ ސަކިންތައެވެ. އަމީނާ ވަކިހިސާބަކުން އެކުދިން ކުރާ ކަންތަކަށް މައިން ބަފައިން ގޮތް ބުނެދިނުމަކީ ރަނގަޅު ކަމެއް ނޫން. އެކުދިންނަށް އެނގޭނީ އެކުދިން ޒަވާޖީ ހަޔާތެއް ފައްޓާނީ ކާކާއެކު ކަމެއް. ދޮގެއް ނޫންތަ މިއީ. އަހަންނަށް ވަރަށް ރަގަޅަށް އެނގޭ ޒިލާލް ގޯސް ކުއްޖެއް ހިޔާރު ނުކުރާނެކަން. ޒިލާލިގެ ބޮލުގައި ފިރުމަމުން ސަކިންތަ ވާހަކަ ދެއްނީ ޒިލާލްގެ މަންމަ އަމީނައާއެވެ.

ސަކިންތަ ތިބުނީ ތެދެއް އަހަރެންވެސް ބޭނުމެއް ނޫން ޒިލާލް ހިތް ނޭދޭ ކަމެއް އޭނަލައްވާ ކުރުވާކަށް، އޭނާ ހަމަ ޖެހުނީމަ ބުނޭ މަންމަ ބުންޏޭ ދަރިފުޅު ވަޒީފާ ދޫކޮށްލާނެ ކަމެއް ނެތޭ އަދި ޒާރާވެސް ދޫކޮށްލާނެ ކަމެއްނެތޭ..

އަނ އެންމެރަގަޅު އަހަރެން ބުނާނަން... އެހެން ބުނުމަށްފަހު ސަކިންތަ ފޯނު ބޭއްވިއެވެ. އެކޮއެ ޒިލާލް ދެން ނުރޮއެ ހުއްޓާލަ..ހުރިހާކަމެއްވެސް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ.. ހިނގާ ދެން ކާން..

މިހާރު ޒިލާލް ކެއުމާ ވަރަށް ދުރުވެއްޖެ ދޯ ސަކީނާ..އާދިލްބެ ދޯ އެޅީ ސަކިންތައަށެވެ. އާނ! އޮފީހުގަ މާ ބުރައީ ދޯ! ސަކިންތަ އާދިލްބެއަށް ވެގެން އުޅޭގޮތް ސިއްރުކުރިއެވެ.

ޒިލާލް ކުޑަކޮށް ހަމަޖެހުމުން ސަކިންތަ ޒިލާލަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޒިލާލް އަށް ބަހާރުމޫސުން އައިކަހަލައެވެ. ޒާރާއަށް ވަގުތުން ފޯނުކުރިއެވެ. ޒާރާ ފޯނެއް ނުނެގިއެވެ. ޒިލާލުގެ މޫޑް ވަގުތުން ބަދަލުވިއެވެ. ޒާރާގެ ހަބަރެއް އެވަގުތު ނުވީތީއެވެ. ހެނދުނުން ސުރެ ޖަމާވަމުން ދިޔަ ވިލާތައް ދުނިޔެ މަތި ބައްދަލާފިއެވެ. ވިއްސާރަ ހީވަނީ ދުނިޔޭގެ ނިމުން ގެނުވަން އުޅޭހެނެވެ. ޒާރާގެ ހާލު ދުވަހެއް ދުވަހަކަށް ދިޔައީ ސީރިއަސްވަމުންނެވެ. ޑޮކްޓަރުންގެ އެއްވެސް އުންމީދެއް ޒާރާއަކަށް ނެތެވެ. ޝިމްލައާއި ފާއިޒަށްވެސް ހާދާނެގޮތް ހުސްވެއްޖެއެވެ. ޒިލާލު ފޫހިކަމާއެކު ބަނދަރު ސަރަހައްދުގައި ހިނގާލަ ހިނގާލާ ހުއްޓެވެ. އިރުއިރު ކޮޅަކާ ޒާރާގެ ފޯނަށް ގުޅާލައެވެ. މިފަހަރު ގުޅުމުން ފޯނުނެގީ ފިރިހެނެކެވެ. އެއީ ޒާރާގެ ބައްޕަ ފާއިޒެވެ.

ޒިލާލްތަ؟

އާ މިއީ ޒިލާލް... ކޮބަ ޒާރާ؟....

ވަރު ދެރަ އަޑަކުން ފާއިޒު ޒާރާއަށް ވެގެން އުޅޭގޮތް ޒިލާލަށް ކިޔާދިނެވެ. އަވަސް އަވަހަށް ފޯނު ބޭއްވުމަށްފަހު ޒިލާލް ހޮސްޕިޓަލަށް ދާން ހިނގާގަތެވެ. އޭރުވެސް ހިމަ ފޮދު ވާރޭ ވެހެއެވެ. ދުވެފައި ކަހަލަ ގޮތަކަށް އެމެޖެންސީ ކޮޓަރީގެ ދޮރުމަށްޗަށް ޒިލާލް އެރިއެވެ. އެއިރު ޒާރާގެ ދޮންމަންމަ ޝިމްލާ ގޮތް ހުސްވެފައި އިނެވެ.

މަންމާ ޒާރާއަށް ކިހިނެއްވީ؟

ޒާރާގެ ހާލު ވަރަށް ސީރިއަސް ޑޮކްޓަރުންގެ އެއްވެސް އުއްމީދެއް ނެތް؟...

ޒިލާލްގެ ލޯ ކަރުން ފަވާލިއެވެ. އަހަންނަށް އެތެރެއަށް ވަދެވިދާނެތަ؟ ޒިލާލް ވާހަކަދެއްކީ އެތަނުގައި ހުރި ނަރުސްކުއްޖަކާއެވެ.

އާނ ! ޒިލާލް ވަނުމުން ޒާރާ ލޯހުޅުވާލިއެވެ. އޭނާއަށް ކައިރީގައި ޒިލާލް ހުރިކަން އިޙްސާސް ވީ ކަހަލައެވެ. ޒިލާ..... ޒާރާ އަށް މަޢާފްކުރޭ...

ނޫން ޒާރާ ނޫން ... ޒާރާ އެއް ނޫން މަޢާފަށް އެދެންވީ... މަޢާފަށް އެދެންވީ ޒިލާ... ޒާރާގެ އެނދުގައި ބޯ އަޅައިލައިގެން އޮވެ ޒިލާލް ރޮނީއެވެ. ޒާރާ އަށް އެއްވެސް އެއްޗެއް ނުފެނެއެވެ. އޭނާގެ ނޭވާ އިހުނަށްނުރެ ކުރުވެއްޖެއެވެ. ޒިލާލަށް ބޯހިއްލާލަން ހަނދާންވީ ދެނެވެ. ޒާރާ ޒާރާ... ޒިލާ ދޫކޮށްފަ ނުދޭ ..ޒާރާ.. ކުއްލިއަކަށް ޒާރާ މަންމާއޭ ކިޔާ ގޮވާލިއެވެ. ދުލުން ކިއުނު ހެޔޮއެއްޗެއްވިޔާ ކިޔަމުންނެވެ. ދެން ގޮވާލީ ޒިލާ އަށެވެ. ޒާރާގެ އަތް ޒިލާގެ އަތުތެރެއަށްލާ ބޮނޑިކޮށްލިއެވެ. ޒާރާ މިދުނިޔެއާއި އަބަދުގެ އަަބަދަށް އަލްވަދާއު ކީއެވެ. ޒިލާލް އެކަނި ކޮށްލަމުންނެވެ. ޒާރާގެ ކަށުކަމާ ކެމީގެ ކަންތައް ކުރިއަށް ދިޔަ އިރުވެސް ބޯކޮށް ވާރޭ ވެހެނީއެވެ. ޒިލާލް ހިތްވަރުކޮށްލާފައި އޭނާގެ ލޯބިވެރިޔާގެ ޖަނާޒާގައި ބައިވެރިވިއެވެ.

ވެހޭ ވާރޭތެރޭ ގޮތް ހުސްވެފައިވާ ޒިލާލް އިނީ އެދުވަހުގެ ހަނދާން އާވަތީއެވެ. ހިތާމަތާކައެކު އެހެނަސް އޭނާގެ ހިތަށް އެ ވާރެއިން އުފާވެރިކަން ލިއްބައިދޭ ކަހަލައެވެ.
(ނިމުނީ)



هناك تعليقان (2) :

  1. ހޭ މިވާހަކަ އާ ބެހޭ މައުލޫމާތު ހޯދީ ކޮންތާކުންތަ؟" މިއީ ހަމަ ހަޤީޤަތެއް އިނގޭ ހަމައެކަނި ނަން ބަދަލުކޮށްލައިފާވާކަން

    ردحذف

ހިޔާލު