ރައިވަރު ޝަރަހަކުރުން


ޅީއޮގޮސް ނުގައިކަފު       (ކަފުނުގައި އޮޅީގޮސް)

ސީދުވަހު އެކަނިވާ ނަފު     (އެކަނި ނަފުސީ ވާދުވަހު)

ދީއެތައް ފާހުމަ ފަފު       (ފާފަތައް ފުހުމަށް އެދި)

ނީމިލިއަޅެއް ރެމެން އަފު    (އަފުރެމެން މިޅެން މިލިޔަނީ)

ފީނުހިމެރުނު ލޮލުން އިންކަ  (ލޮލުން އިންކަރުނު ނުހިފީމެ)

ކީރިތި ލާގެ ކިބައިންކަ     (ކީރިތި ކަލާނގެ ކިބައިން)


ޝަރަހަ:- އަހަރެން މިޅެން މިލިޔަނީ ކަފުނުގައި އޮޅިގޮސް އެކަނި ނަފުސު ވާދުވަހު (މަރުވެގެން ދާހިނދު) ފާފަތައް ފުހެވުމަށް އެދި ލޮލުން ކަރުނަ އަޅަމުން ﷲގެ ހަޟްރަތަށް ދުޢާ ދެންނެވުމަށެވެ. އަހަރެމެން އިންސާނުން ދުނިޔޭގައި ދިރިއުޅެމުންދާއިރު އެނގިގެންނަމަވެސް އަދި ނޭނގިނަމަވެސް އެތައް ފާފަތަކެއް ކުރެވުމުންދެއެވެ. ވުމާއެކު އެފާފަތަކުން ތައުބާވުމަށް ﷲގެ ކިބަޔަށް އަބަދުވެސް ދަންނަވަންޖެހޭނެއެވެ.  އަދި ހެޔޮޢަމަލުތައް ގިނަކުރަންޖެއެވެ. އެހެނީ ކަށްވަޅަށް ދާހިނދު ތިމާ ދުނިޔެމަތީގައި ކޮށްފައިވާ ޢަމަލުތައް ފިޔަވައި އެހެން އެވެސް އެއްޗެއް ނުގެންދެވެއެވެ. އަދި ތިމާއަކީ ކިތަންމެ ފައިސާއާއި މުދާވެރި މަހުޖަނަކަށް ވީކަމުގައިވިޔަސް ދުނިޔެމަތީގައި އެމުދާ ހެޔޮގޮތުގައި ބޭނުން ނުކޮށްފި މީހަކަށް އެދުވަހުން އެއްވެސް މަންފާއެއް ނުކުރާނެއެވެ.  ކުރި ހެޔޮޢަމަލެއް ފިޔަވައި އެދުވަހުން އެހީތެރިވާނޭ އެއްވެސް އެއްޗެއް އަދި މީހެއް ނުވެއެވެ. އެހެންކަމުން މިރައިވަރުން ދޭން ބޭނުންވާ މެސެޖަކީ ވަގުތުފާއިތުވުމުގެ ކުރިން ގިނަގިނައިން ހެޔޮޢަމަލުތައްކޮށް ކުރެވިފައިވާ ކުއްތަކާއިމެދު ދެރަވެ  އަބަދާއިއަބަދުމެ ތައުބާ ލެއްވުމަށް އެދި ކަލާނގެ ހަޟްރަތަށް ދަންނަވާށެވެ.



ޚިޔާލު :

ޚިޔާލު ފާޅުކުރެއްވުމަށް

ހިޔާލު