މާޒީ












"އަހަރެން އުފަންވީ ކަލާއަށްޓަކާއޭ ކަލާއޭ މިހިތުގެ ވިންދަކީ.." ފޯނު ރިންގުވިއަޑަށް އަހަރެންނަށް ހޭލެވުނެވެ. "އަޅެ..އާރާ. އަހަރެން އެހާރީތި ހުވަފެނެއްގަ އޮއްވައޭތި ހޭލައްވާލީ.."ނިދި އެކުލެވިގެންވާ އަޑަކާއެކު އަހަރެންނަށް ޝަކުވާ ކޮއްލެވުނެވެ. "ކާކުގެ ހުވަފެނެއްތަ މާވަރަކަށް ތި ބަލަނީ.."އާރާ ދިމާކޮއްލިއެވެ. "އަހަރެންގެ ޕުރިންސް އަހަރެންނަށް ދިމާވަނީ..އާހް.. ހާދަ ރީއްޗޭއޭނާ އަދި އަހަރެންނަށް ފެނުނި ކުއްޖެއްނޫން އެއީ." " ޕިސް. ޕިސް. އަހަރެން މިގުޅީތި ލަވް ސްޓޯރީ އަހާކަށްނޫން. މިއަދު ހަވީރު ހިނގާލަންދާން ތައްޔާރުވެގެން ހުންނަންބުނަން.." އާރާ ފޯނު ކަނޑާލުމުން އަހަރެންނަށް ހެވުނެވެ.

އާރާ އަކީ އަހަރެންނާއި އެއްކުލާހެއްގައި ކިޔަވަމުންދާ އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާއެވެ. ސަކަ މިޒާޒެއްލިބިފައިވާ ހިތްހެޔޮ ކުއްޖެކެވެ. ޗުއްޓީވުމުން އަހަރެމެން ކޮންމެ ދުވަހަކުވެސް ހިނގާލަންދަމެވެ. އެދުވަހު އަހަރެންނަށް ފިކުރުކުރެވެނީ އެހުވަފެނާމެދުއެވެ. ކީއްވެ ފެނުނުހުވަފެނެއްބާވައެވެ؟ އޭއީ ކާކުބާވައެވެ؟ އަސްލަށްވެސް އެނާއާ ދިމާވާނެ ނަމައެވެ. ހަވީރުވީއިރު އަހަރެންނާއި އާރާތިބީ ރަށުގެ ތުނޑީގައެވެ. ދެމީހުންއެކި ކަހަލަ ވާހަކަދައްކާ ހެމުންދިޔައީމެވެ.. "ކިހިނެކޯވީ މިޔަދު ރީނާއަށް ފެނުނު ހުވަފެނުގަ"؟  އާރާ ޝައުގުވެރިކަމާއެކު އަހާލިއެވެ. "ފެންނަނީ އެނާ އަހަރެންނާ ވާހަކަދައްކަމުން މަގުން ހިނގާފައި އަންނަތަށް..އަހަރެންވެސް ހުރީ ވަރަށް އުފަލުން. އެހެންހުރެފަ. އޭނާ ގެއްލުނި.އަަހަރެން ވަރަށް ދެރަވި.. އަހަރެން އެނާ ކޮބާތޯ ބަލަނިކޮށް އާރާ އެ ގުޅީ." "ހިހިހިހިހަހަހަ. އަހަރެން އޭނާ ގެންދިޔައީ. އެހެންވެ ރީއަށް އޭނާ ގެއްލުނީ.." އާރާ ހެމުންދިޔައެވެ.


މާފަހުން - 2












ރީތިކަމަށް ލޯބިކުރި ހަމީދަށް އަހަރެން ހުތުރުވާންފެށިއެވެ. އަހަރެންދެކެ ލޯބިވި ހަމީދު އަހަރެންދެކެ ފޫހިވާކަމަށްވެސް ބުނަންފެށީ ފާޅުގައެވެ. އަހަރެންނާއެކު އުޅެން ބޭނުމެއްނޫނޭ ބުނަންފެށީ ހާމު އާއިމެދު އެެއްވެސް ވިސްނުމެއްނެތިއެވެ. އަހަރެން އާދޭސްކުރީމެވެ. އަހަރެން ދޫކޮއްނުދިއުމަށްބުނެއެވެ. ރުއީމެވެ. ގިސްލީމެވެ. އެކަމުންވީ ކަމެއްނެތެވެ. އެންމެފަހުން ހަމީދު އަހަރެން ވަރިކޮށް ދިޔައީއެވެ.

*********************************************

އޭރު ހާމުގެ އުމުރަކީ އެންމެ ފަސް އަހަރެވެ. އެދުވަހަށްފަހު ހާމު ފެނުނަސް އަހަރެން ފޫހިވާންފެށިއެވެ. އެ ކުށެއްނެތް ދަރިފުޅަށް ރުޅިބޭލެންފެށިއެވެ. އަހަރެންގެ ސިފަ ބަދަލުވީ ހާމު ވިހެއުން ކަމުގައިވުމުން އެކަމުގެ ތުހުމަތް ހާމުއަށް ކުރެވެނީއެވެ. އެ ދަރިފުޅު ރޯއަޑު އިވެއެވެ. އިވޭކަމަށް ނުހަދަމެވެ. ޝަކުވާކުރާ ކޮންމެ ފަހަރަކު އަހަރެން އަދަބުދެމެވެ. ގެއިން ބޭރު ކޮއްލަމެވެ. ގޭގައި އުޅެނީ އަހަރެމެން ދެމީހުން އެކަނިކަމުން އަހަރެންނަށް ބަހެއްބުނާނޭ މީހަކު ނޫޅެއެވެ. އަހަރެން މި އުޅޭ ރަށް މާލެއަކީ މާ ބިޒީ މީހުންއުޅޭތަނަކަށްވީތީ އެނެއްކެއްގެ ކަމެއް ބަލައިލާކަށްވެސް އެހެން މީހަކަށް ވަގުތެއްނުވެއެވެ. އެ ދަރިފުޅު ފޫހިވެ އެކަނިވެފައި އިންނަތަން އަހަރެންނަށް ފެނެއެވެ. އެކަމަކު އަހަރެން ފެންނަކަމަކަށް ނުހަދަމެވެ. އަތުގައި ހުރި ފައިސާ ހުސްވާންފެށުމުން އަހަރެން ވަޒީފާއަކަށް ދާންފެށީމެވެ. އޭރު ހާމުއަށްވެސް ހަތް އަހަރުވެ އޭނާވެސް ސުކޫލަށް ފޮނުވަންފެށީ އަހަރެންނަށް ލިބިދާނޭ ލަދަކުން ސަލާމަތްވުމަށެވެ. ހާމު ކިޔަވާތޯ ނުކިޔަވާތޯވެސް އަހަރެން ނުބަލަމެވެ. ބޭނުންވާ އެއްޗެއްވެސް ހޯދާ ދެވެނީ އެކުއްޖާ އެތަށްފަހަރަކު ބުނުމުންނެވެ.


މާފަހުން - 1

މާފަހުން މުޅިގޭތެރެއަށް ވެރިވެފައި ވަނީ ފަޅުކަމެވެ. އެކަނިވެރިކަމެވެ. ޖެހިބުދެއްހެން އަަހަރެންނަށް އިނދެވެނީ ވިސްނާށެވެ. ހިޔާލުތަކުގައެވެ. ފިކުރުކުރުމުގައެވެ. ރުއިމުގައެވެ. ގިސްލުމުގައެވެ. ދެ އަހަރުވެގެން ދިޔައިރު އިއްޔެވީ ކަމެއްހެން އެކަންތަށް ލޮލުކުރިމަތީ ސިފަވަމުންދަނީއެވެ. ކުއްވެރިޔަކީ އަހަރެން ކަމުގައި ހިތަށް އެރުމާއެކު ބާރަށް ރޯންފެށެއެވެ. ބަޑިފަޅާގެންދެއެވެ. އަހަރެންނަށް ފަރުވާކުޑަކުރެވުނީއެވެ. ނޫނެކެވެ. ފަރުވާކުޑަކުރީ އަމިއްލައަށެވެ. އަޅާނުލީ ގަސްދުގައެވެ. އެކަރުނަތަށް ފެނުނަސް ނުފެންނަކަމަށް ހެދީއެވެ. އެ ރުއިމަށް ބީރުކަންފަތެއް ދިނީއެވެ. އަހަރެންގެ އަޅާލުމައި ލޯތްބާއި އޯގާތެރިކަން ބޭނުންވާނޭކަން އެނގިހުރެ ނޭނގޭކަމަށް ހެދީއެވެ. ނުބައި މަގުން ހިނގަން މަގުކޮށައި ދިނީ އަހަރެންނެވެ. އަހަރެންމީ ހާދަހާވާ ގޯސްމީހެކެވެ. ނުކުރާ ކުށެއްގެ ސަޒާ ދެވުނީ އަމިއްލަ ލެޔަށެވެ. ބަނޑުއަޅާވިހޭ ދަރިއަށެވެ. "މަންމަ" ގެ އެ ނަމަށްވެސް ހަޑިކުރެވިޖެއެވެ. އެއީ މީގެ ދެއަހަރުކުރިއެވެ. އަހަރެންނާއި ހަމީދު ދިމާވީ ފިހާރައަކުންނެވެ. ހަމީދު މަސައްކަތްކުރަނީ އެ ފިހާރާގައެވެ.


ހިތަކުން ނުފިލާނޭ



ލިޔުނީ: އައިޝަތު ރީމް

އަހަރެންގެ ހިތް ކަލާގާތު އަހަރެން ކަލާދެކެ ވަރަށް ލޯބިވެއޭ ބުނަން ބޭނުންވެއެވެ. ކަލާއަށް ނޭނގުނަސް އަހަރެންމީ އަބަދުވެސް ކަލާގެ މީހެކެވެ. އަހަރެން ދިރިހުރިހާ ދުވަހަކު ކަލާޔާއެކުވާނަމެވެ. ހަނދުގެ ދޯދި ފަދައިން އަހަރެން ކަލާ ގާތުވާނަމެވެ. އަހަރެންގެ ހިތުން ކަލާގެ ލޯބި ފުހެވޭނެ ދުވަސް އެއީ، އަހަރެންގެ ދިރިއުޅުމުގެ އެންމެ ފަހުދުވަހަށްވާނެއެވެ.


ދެބާރަފުށީގެ ރައްޔިތުންނަށް ކޭބަލް ޓީވީގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ހައްލެއް ހޯދުން

ތަޢާރަފު
އާބާދީގައި 5000 މީހުން ދިރިއުޅެމުންދާ ދ. ދެބާރަފުށްޓަށް ކޭބަލް ޓީވީގެ ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން ދަނީ ތަފާތު މައްސަލަތައް ކުރިމަތިވަމުންނެވެ. މި ރިޕޯޓަކީ ކޭބަލް ޓީވީގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ހޯދައި ދިރާސާކުރުމަށްފަހު އެކަންކަން ހައްލުކުރުމަށްޓަކައި ކުރެވެންހުރި ކަންކަން ބަޔާންކުރުމަށް، ދ. ދެބާރަފުށީ ކައުންސިލްގެ ރިސާރޗް އޮފިސަރ ޢައިޝަތު އިމްނާ ލިޔާ ރިޕޯޓެކެވެ. މި ރިޕޯޓު ބިނާކޮށްފައިވާނީ ރަށުގެ ރައްޔިތުންނާއި ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުން  ދީފައިވާ މަޢުލޫމާތުގެ މައްޗަށެވެ. އެގޮތުން ރިޕޯޓުގައި ބަލާލެވިފައިވާނީ ކޭބަލް ޓީވީގެ ސަބަބުން ދިމާވެފައިވާ މައިގަނޑު މައްސަލަތަށް ކަމުގައިވާ އާމްދަނީ ހޯދުމަށްކުރާ މަސައްކަތްތަކަށް ބުރޫއެރުމާއި ކިޔަވާ ކުދިން ކިޔެވުމަށްދޭ ސަމާލުކަން ކުޑަވުމާއި އާއިލާގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން އުފެދުމާއި ޒުވާނުންގެ އަޚުލާޤު ގޯސްވުން އަދި ދީނީ ކަންތައްތަކަށް ދޭ ސަމާލުކަން ކުޑަވުމުގެ އިތުރުން އެކަންކަމުގެ ހައްލަށެވެ.  

މިލަންދޫ ދަތުރު


ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ބަލާލިއިރު ލަސްވެގެން ދަތުރުގެ ބައިވެރިއެއްކަމުގައިވާ ޒާނާ ގުޅަނީއެވެ. އޭރު ގަޑިން 5:30 ވަނީއެވެ. ފެންވަރާ ތައްޔާރުވެގެން ޒާނާމެން ގެޔަށް ގޮސް އޭނާއާއެކު ބަނދަރު މައްޗަށް ދިޔައިރު އަހަރެމެން ފިޔަވައި ހުރިހާ އެންމެންވެސް ތިބީ ދަތުރު ދިޔުމަށް ހަމަޖެހިފައިވާ މުތީ ދޯންޏަށް އަރާފައެވެ. ދޯނި ރަށުން ފުރީ ހެދުނު 6:15 ހާއިރުއެވެ. ދުވަހަކީ 2015 އޭޕްރީލް 30 ވަނަ ދުވަހެވެ. އިހަވަންދޫ މަދަރުސާގެ ޕްރިފެކްޓް ބޯޑުގެ ފަރާތުން ށ.މިލަންދޫ އަށް  ތަޖްރިބާ ދަތުރެއް ކުރާ ދުވަހެވެ. މިދަތުރުގައި ބައިވެރިވަނީ އަޅުގަނޑު ހއ. ތުރާކުނު މަލާމެލި މަރިޔަމް ޒޫނާގެ އިތުރުން 60 ޕްރިފެކްޓުންނާއި ބައެއްކުދިންގެ ބެލެނިވެރިންނާއި ޕްރިފެކްޓް ބޯޑުގެ މެންބަރުން އަދި ސުކޫލުގެ އިސްވެރިންނެވެ.
ދަތުރުމަތީގައި ދެތިން ކުއްޖަކު ހޮޑުލުން ފިޔަވައި މާބޮޑު ކަމެއް ނުހިނގައެވެ. އެންމެންވެސް ތިބީ ފޯނުން ކޮންމެވެސް ކަމެއް ކުރުމުގައެއެވެ. އެއްބަޔަކު ސެލްފީއާއި ފޮޓޯތައް ނެގުމުގައި އުޅުނު އިރު އަނެއްބަޔަކު އުޅުނީ ފޭސްބުކް ސްޓޭޓަސް އަޕްޑޭޓްކުރުމުގައެވެ. ބައެއް ބެލެނިވެރިން ކޮންމެ ވެސް އޮލަވާހަކަތަކެއްގައި ތިއްބެވެ. އަހަރެންވެސް ފޫހިވެގެން ގޭމްކުޅެލަން އިނީއެވެ. ތިން ގަޑިއިރުގެ ނިޔާމަ ދަތުރަކަށްފަހު ށ. މިލަންދޫ އަށް ލެފުނީ 9:15 ހާކަން ހާއިރުއެވެ. މިލަންދޫ އަކީ ބޮޑު، މަލަމަތި ފެހި ރަށެކެވެ.

މުޅިން ތަފާތު ފިލްމު

 ޑްރާމާގެ މި ސީނުން އިވިގެންދާނީ ރާއްޖޭގެ މީޑިޔާތަކުން ވަރަށް ބޮޑަށް އިޝްތިހާރުކުރި ފިލްމެއް ބަލަންދިޔަ ދެ މީހުން ކަމުގައިވާ ނިޝާއާއި އާންތު، ފިލްމުގެ އިންޓާރވަލްގަޑީގައި އެތަނުން ދިމާވި އެމީހުންގެ ރައްޓެހި ކުއްޖަކާއެކު ފިލްމާ ބެހޭގޮތުން ދެއްކި ވާހަކަތަކެވެ.

މަންޒަރު 1 : އޮލިމްޕަސް ގޯތިތެރެ
ވަގުތު : ރޭގަނޑު
  ( ތީމް މިޔުޒިކް): TT
 ( ދުއްވާ އެއްޗެހީގެ އަޑު ): Fx
ކިއު : ދުއްވާ އެއްޗެހީގެ އަޑު މަޑުމަޑުން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނަންވާނެ
އާންތު : (އުފާވެފައި) އޭތް! މަރީ ކޮންތާކު ތިއުޅެނީ... ނުވެސް ފެނިލަ... ފިލްމަށް އައިސް ދޯ ތިއުޅެނީ ..
ނިޝާ : އެބުނާހެން... މަރީ ކޮންތާކުތަ ތި އުޅެނީ؟ ދައްކާވެސް ނުލާވިއްޔަ...!
މަރީ : ބިޒީކަމުން ނުދެވެނީއޭ... މި ތަނަށްވެސް މިއައީ ހަމަ މިފިލްމު ބަލާލާހިތުން...

2015 ވަނައަހަރު ތަންފީޒުކުރަންފެށި ޤައުމީ އައު މަންހަޖާމެދު ކުރެވޭ އުއްމީދު....


1984 ވަނައަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމީ މަންހަޖެއް އެކުލަވާލައި ތަންފީޒުކުރަންފެށުމާއެކު ތަޢުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. ސުކޫލުތަކުގެ މެދުގައި ވާދަވެރިކަން އުފެދި އިމްތިހާނުތަކުން މަތީ ނަތީޖާ ހޯދަންފެށިއެވެ. އެހެންނަމަވެސް ދުވަސްވަމުން އައިވަރަކަށް މަންހަޖުގައިވާ މައްސަލަތައް ދިޔައީ ފާހަގަކުރެވެމުންނެވެ. އެ ހުރިހާ ކަމަކަށް ބެލިގެން ހަދާފައިވާ މަންހަޖެއްގެ ބޭނުން ބޮޑުވަމުން ދިޔުމުގެ ސަބަބުން، އޭގެ ތިރީސް އަހަރު ފަހުން 2015 ވަނަ އަހަރު އައު މަންހަޖެއް ތަންފީޒުކުރަން މި ވަނީ ފެށިފައެވެ. މި އައު މަންހަޖު އެކުލަވާލުމަށްޓަކައި އެކި ޤައުމުތަކުގައި ޢަމަލުކުރާ މަންހަޖުތައް ދިރާސާކޮށްފައިވެއެވެ. ހަމައެއާއެކު މަންހަޖު ފަރުމާކުރުމުގައި ރާއްޖެއާއި ދުނިޔެއަށް އަންނަމުންދާ އިޖްތިމާޢީ، އިޤްތިޞާދީ، ސިޔާސީ ބަދަލުތަކާއި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތްކޮށްފައިވެއެވެ. ވުމާއެކު އުއްމީދުކުރެވެނީ އައު މަންހަޖަށް ޢަމަލުކުރަން ފެށުމާއެކު އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރާ، ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތެއްގައި ވިސްނުން ގެންގުޅޭ، އެހެން މީހުންނާ ގުޅިގެން އުޅޭފަދަ އަދި އަދުގެ ޓެކްނޮލޮޖީއާއި މީޑިޔާގެ ވަޞީލަތްތަކަށް އަހުލުވެރި ކުދިންތަކެއް އުފެދިގެންދާނެކަމަށެވެ.

ރައިވަރު ޖުމުލަ މާނަ



ށުން ރަދުނު ބީވެއުފެ        (އުފެދުނު ރަށުން ބީވެ)
ފުންސަގެތި މަކަތެރަށްރުފެ     (ސަފުން މަކަރުގެ ތެރަށްފެތި)
ހުންނަނި ތަދުމަ ހާލުޑުފެ      (ހުންނަ ތަދުމަޑު ހާލުފެނި)
ކުން ފަސުލަޅެންށުނީނުފެ      (ފަސުލަކުން ޅެން ނުފެށުނީ)
ލުން ދެލޮއޮހޮރިއޮހޮރި ކަރުނު   (ދެލޮލޮން ކަރުނު އޮހޮރި އޮހޮރި)
މުންހަލިވާ މަފިކު ކަރުނު      (މަހަލި ފިކުރު ނުވާކަމުން)
=ހަބަރު ފޮތް=

ރައިވަރު ދޭހަވާ މާނަ އާއި ޝަރަހަ

ވަކިފުލެއް ކަށަވަކެއް        (ވަކިފުލެއް ކަށަވަކެއް)
ވަކިހަކެއް ކުރިގޮބޮޅިއެއް      (ކުރި ގޮބޮޅިއެއް ކިހަވަކެއް)
ވަކިނުވިދުނބުރިއެއް އަނބެއް   (ދުނބުރިއެއް އަނބެއް ވަކިނުވި)
ވަކިލަކަމަކަށް ނުވާދެއް       (ވަކި ލަދެއް ކަމަކަށް ނުވާ)
ވަކިޑެއްދިނަސް މިމުޑަނަށްލަ   (މި މުޑަނަށް ވަކި ލަނޑެއް ދިނަސް)
ވަކިޔޭނޭތަ ލޮޑުނަށްލަ        (ލޮޑުނަށް ލަވަކިޔޭނޭތަ)


ރައިވަރު ދޭހަވާ މާނަ


ފިތިމަހުރެ މިހެންފިތި      (މަމިހެން ފިތިފިތި ހުރެ)
ކިތިމެފަނިފެންނުގެހިކިތި    (ފަނިފެން ތިކިތިކި ނުމެގެހި)
ގިތިމަރަށްވެސްވުރެންގިތި   (ގިތި މަރަށް ވުރެންވެސް ގިތި)
ހިތިވެއްޖެކަން ހިތުގެ ހިތި  (ހިތުގެ ހިތިކަން ހިތިވެއްޖެ)
ތިތިކިކިކުރުނުލޮލުންނުމެކަ  (ކަރުނަ ތިކިތިކި ލޮލުން ނުކުމެ)
ނިތިވެދިޔަ ޒަމާނު މެކަ    (ނިކަމެތި ވެދިޔަ ޒަމާނު)
=ކަންޒުލް އަދަބު ޞ.177=

ރައިވަރު ޖުމުލަ މާނަ އާއި ދޭހަވާ މާނަ









ދާހިދު މުމަދު ވެޢިލް    (ޢިލްމު މަދުވެ ދާހިނދު)
ޔާއިއެކުކާބުއްދިމިލް     (ކާމިލް ބުއްދިޔާއި އެކު)
ޖާނާއިތޯލިބޭ ދިލް      (ޖާނާއި ދިލް ލިބޭތޯ)
ފާލިއެމެންޓުމިއިންސިލް  (މި އިންސިލްމެންޓު ލިއެފާ)
ދާށައޮތްގުހައިމިފިލުރާމަ  (އޮތް މި ހަނގުރާމަ ފިލުވާ ދޭށަ)
ހާތަމެށީ އަތަކު ރާމަ    (ތަކުރާ މެހާ ށީތަ)
=ދަގަނޑު ދަހަނާ ޞ.125=

ރައިވަރުން ދޭހަވާ މާނަ


ޖުންޖުގައި ތެރޭލާ       (ޖުންޖުލާ ތެރޭގައި)            
ކުންއެބޮޑުހިނދުރާޅުވާ     (އެކުން ރާޅުބޮޑުވާ ހިނދު)
ނުންހިމޭނައު ނުވާމާ      (މާ ހިމޭނުން ނުވާ ނައު)
މުންފުތައް ރޫޅައިރިޔާ     (ރިޔާތައް ރޫޅައިފުމުން)
ގުންއޮތް ބަލައިނުރައްކާމަ   (އޮތް ރައްކާ މަގުން ނުބަލައި)
ރުންނުވެވޭށި ރައްކާމަ     (މަރުން ރައްކައު ނުވެވޭށި)
=ކަންޒުލް އަދަބު ޞ.149=